Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓައިވާނުގެ ޕްރީސްކޫލްތައް

ޓައިވާނުގައި ތުއްތުކުދިންނަށް ޓީޗަރުން ޑްރަގް ދޭކަމުގެ ޝަކުވާތަކެއް

މިކަން ހިނގާކަމަށް ޝައްކުކުރެވުނީ ކުދިންގެ ކިބައިން "ވިތުޑްރޯވަލް ސިމްޕްޓަމްސް" ފެންނަން ފެށުމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 21 ޖޫން 2023 | ބުދަ 10:23
ޓައިވާނުގެ ޕްރީ ސްކޫލެއް

ޓައިވާނުގެ ޕްރީ ސްކޫލެއް

ޓައިވާންގައި ކިންދަގާޑްންއަށް ދާ އުމުރުގެ ތުއްތު ކުދިންނަށް ޓީޗަރުން ޑްރަގް ދޭކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ. މިގޮތުން ނިއު ޓައިޕޭ ސިޓީގެ ބައެއް ޕްރީސްކޫލްތަކުގެ ޓީޗަރުން (މިހާރު ބައެއް ގައުމުތަކުގައި މަނާކޮށްފައިވާ ކޯފް ސިރަޕްތައްވެސް ހިމެނޭގޮތުން) ކުދިންނަށް ބޭސް ދޭކަން ހާމަވެފައިވަނީ، ގެއަށް ދިއުމަށްފަހު ކުދިންގެ ކިބައިން ފެންނަމުންދާ އަލާމާތްތަކުންނެވެ. އޭގެ ތެރޭގައި "ވިތުޑްރޯވަލް ސިމްޕްޓަމްސް" ކިޔާ ސިފަތައް ފެންނަމުންދާކަމަށް ވެއެވެ. އެއީ ޑްރަގް ބޭނުންކުރާ މީހުން އެކަން ހުއްޓާލައިގެން ހުންނަ ވަގުތު އެމީހުންގެ ކިބައިން ފެންނަ ސިފަތަކެވެ.

އެގައުމުގައި ފާހަގަކުރާ ލޫނާ ހޮލިޑޭގައި ކުދިން ގޭގައި ތިބި ދުވަސްތަކުގައި ކުދިންގެ ކިބައިން ފެންނަންފެށި ކަންކަމުގެ ތެރޭގައި؛ އަވަސް އަވަހަށް ރުޅި އައުމާއި، ހިމޭނުން ނުތިބެވުމާއި، އަކުނިވަޔަށް ދެމުމާއި އަދި ނިދީގައި ހަޅޭއްލެވުން ފަދަ ކަންކަން ހިމެނެއެވެ. މިކަމާގުޅިގެން ކުދިންނާ ވާހަކަދެއްކުމުން އެނގިފައިވަނީ ސްކޫލުން "ކޮންމެވެސް ބޭހެއް" ކުދިންނަށް ދެމުންދާކަމެވެ.

މިމައްސަލާގައި އެޕްރިލް އަދި މޭމަހު ބެލެނިވެރިން އިދާރާތަކަށް ޝަކުވާކުރުމާ ގުޅިގެން ސަރުކާރުން ތަހުގީގެއް ފަށާފައި ވީނަމަވެސް، އެކަމާބެހޭ ތަފްސީލް ސަރުކާރުން ހާމަކުރަމުން ނުދާކަމަށް ބުނެ ބުދަ ދުވަހުވެސް ވަނީ ބެލެނިވެރިން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކޮށްފައެވެ. ކުދިންނަށް ދޭކަން މިހާރު އެނގިފައިވާ ބޭސްތަކުގެ ތެރޭގައި، އެ ބޭހަށް އެޑިކްޓްވާ ސެޑޭޓިވްތަކާއި ނުރައްކާތެރި މާއްދާތައް ހުރެގެން ގިނަ ގައުމުތަކެއްގައި މިހާރު މަނާކޮށްފައިވާ ކޯފް ސިރަޕް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ބައެއް ބޭސްތަކުގައި ފެނޮބާބިޓަލްއާއި "ބެންޒޯސް" ފަދަ، ވަކި ޚާއްސަ ގޮތަކަށް، އަދި ވަކި އުމުރުފުރާއަކަށް ނޫނީ ނުދެވޭ މާއްދާތައް އެކުލެވޭ ބޭސްތައް ހިމެނެއެވެ.

މިކަމާ ގުޅިގެން ލޯކަލް އިދާރާތަކުން ކުރި ތަހުގީގުތަކަށްފަހު ހަތަރު ޑޮކްޓަރުން ކުށްވެރިވާކަން ސާބިތުވެ، އެމީހުންގެ ލައިސަންސްވަނީ ހިފަހައްޓާފައެވެ. އަދި 1.4 މިލިއަން ޓައިވާން ޑޮލަރުން (46،121 އެމެރިކާ ޑޮލަރުން) ވަނީ ޖޫރިމަނާކޮށްފައެވެ. ފެނަބާބިޓަލްއަކީ އާންމުގޮތެއްގައި އެޕިލެޕްސީ (ވެއްޓޭ ބަލި) ފަދަ ބަލިތަކަށް ފަރުވާކުރުމަށާއި އަދި ސަރޖިކަލް އެނެސްތޭޝިޔާއަށް ބޭނުންކުރާ ބޭހެކެވެ. އަދި ބެންޒޯސްއަކީ ޑިޕްރެސްވާ މީހުންނަށް ދޭ ޑްރަގަކަށްވާއިރު، މިބޭސް އާންމުކޮން ދެނީ "އެންޒަޔަޓީ" ހުންނަ މީހުންނަށާއި ނިދުމުގައި ދަތިތައް ކުރިމަތިވާ މީހުންނަށެވެ.

މިކަމުގައި ކުރެވުނު ތަހުގީގުގެ ތެރެއިން ބައެއް ޓީޗަރުން ކުށަށް އިއުތިރާފްވެފައި ވީނަމަވެސް، ފަހުން ބުނެފައިވަނީ ކުދިންނަށް ބޭސްދެނީ ބެލެނިވެރިންގެ ރުހުމުގައި ކަމުގައެވެ. ނަމަވެސް ބެލެނިވެރިން ބުނެފައިވަނީ ބާބިޗުރޭޓްސް އެކުލެވޭ ބޭސްތައް ކުދިންނަށް ދޭން އެއްބަސްވެފައި ނުވާނެކަމަށެވެ.

މިކަމާގުޅިގެން ޓައިވާނުގެ ޕްރީސްކޫލްތަކުގެ ޓީޗަރުންނާއި ސްޓާފުންނަށް ވަނީ އާންމުންގެ ނަފްރަތު އަމާޒުވެފައެވެ. އަދި ޓައިޕޭ ސިޓީ ހޮސްޕިޓަލުންވަނީ، ލޭގައި ސެޑެޓިވްސް އެކުލެވޭތޯ ބެލުމަށް ޕްރީސްކޫލް ކުދިންނަށް ހިލޭ ބްލަޑް ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

މައުލޫމާތު: ވިއޯން ނިއުސް 

ޓައިވާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

20 މެއި 2024
ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

06 އެޕްރީލު 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު