Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ކޭން، ބަޔާނަށް ސޮއި ކޮށްފި

12 އޯގަސްޓު 2023 | ހޮނިހިރު 09:08

ޖަރުމަނުގެ ޗެމްޕިއަން ބަޔާނާއެކު ކޭން ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2023 | ހޮނިހިރު 09:08
ބަޔާނަށް ސޮއި ކުރުމަށްފަހު ކޭން

ބަޔާނަށް ސޮއި ކުރުމަށްފަހު ކޭން

ޓޮޓެންހަމް އަދި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއި ކޮށްފި އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާނާއެކު ކޭން ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބަޔާނުން ވަނީ އެ ކުލަބުން ކޭންގެ ސޮއި ހޯދާފައިވާކަން ރަސްމީކޮށް ހާމަކޮށްފަ އެވެ. ބަޔާންގައި ކޭން ބޭނުންކުރާނީ ނުވަ ނަންބަރު ޖާޒީ އެވެ. އެއީ ކުރިން އެ ކުލަބަށް ކުޅުނު ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވެސް ބޭނުންކުރި ނަންބަރެވެ.

ކޭންގެ ސޮއި ހޯދުމަށްފަހު ވާހަކަ ދައްކަވަމުން ބަޔާންގެ ރައީސް ހާބާޓް ހައިނާ ވިދާޅުވީ، ބަޔާނުން ކޭން އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. އޭނާ ވިދާޅުވީ ކޭންގެ ސޮއި ލިބުމަކީ ބަޔާންގެ އިތުރުން އޭނާ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެެހެންކަމުން ކޭންގެ ސޮއި ބަޔާނަން ހޯދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ ކޭން އާއެކު ބަޔާންގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށާއި، ބަޔާނުން ބޭނުންވާ އަމާޒަށް ވާސިލްވުމަށް ކޭން އަކީ މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.

ބަޔާނަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ކޭން ބުނީ، ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބުގެ ކުޅުންތެރިޔަކަށްވުމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ކޭން ބުނީ އަބަދު ވެސް ބޭނުން ވަނީ އާނާގެ ކެރިއަރުގައި ވާދަވެރި އަދި އެންމެ މަތީ ފަންތީގައި ކުޅުމަށް ކަމަށެވެ. އެހެންކަމުން ބަޔާން އަކީ އެކަމަށް ލިބުނު ފުރުސަތެއް ކަމަށާއި، މީގެ ކުރިން ވެސް އެ ކުލަބުން އެކަން ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޭން ވަނީ ޓޮޓެންހަމަށް ކުޅެދިން 435 މެޗުގައި 280 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ޓޮޓެންހަމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ޖަހާފައިވާ 213 ލަނޑާއެކު އޭނާ އަކީ އެ ލީގުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ނަމަވެސް ކޭން އަށް ޓޮޓެންހަމާއެކު އެއްވެސް ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.

ބަޔާން މިއުނިކްހެރީ ކޭން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް