Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްކިއުއޭއިން ވޯކްޝޮޕެއް ކުރިއަށްގެންދިއުން

އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން، މަތީ ތައުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްކިއުއޭއިން ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި

ގަވާއިދުތަކާއި އުސޫލުތައް ކިޔައިދީ، ހޭލުންތެރިކުރުމުގެ ގޮތުން މި ފަދަ ގިނަ ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބޭއްވުމަކީ މުހިއްމު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2023 | ބުރާސްފަތި 13:18
އެމްކިއުއޭއިން ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން

އެމްކިއުއޭއިން ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި, އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން ދިވެހިރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ދެމުން އަންނަ މަތީ ތައުލީމަކީ އެންމެ ފުރިހަމަ، އެކަށީގެންވާ މަތީ ތައުލީމުކަން ކަށަވަރުކުރުމުގެ ގޮތުންނާއި، މި ފަދަ މަރުކަޒުތަކުން ފޯރުކޮށްދެމުން އަންނަ މަތީ ތައުލީމުގެ ކޯސްތައް ފޯރުކޮށްދެމުން އަންނަނީ އެންމެ އެކަށީގެންވާ މާހައުލެއްގައި ކަން ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރިއަށްގެންދާ، އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން މަތީ ތައުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ވޯރކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

މި ވޯރކްޝޮޕް ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، މަތީ ތައުލީމު ދޭ މަރުކަޒުތަކާއި އެމްކިއުއޭ، އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއެކު ވީހާވެސް ގާތުން އެކުގައި މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ގަވާއިދުތަކާއި އުސޫލުތައް ކިޔައިދީ، ހޭލުންތެރިކުރުމުގެ ގޮތުން މި ފަދަ ގިނަ ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ވޯރކްޝޮޕްގައި، އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން ސެޝަން ނަންގަވައިދެއްވާފައި ވަނީ އެމްކިއުއޭގެ ކޮންސަލްޓަންޓް ޕްރޮފެސަރު، ޑރ. ޖިއަންޝިން ޖާންއެވެ. ޕްރޮފެސަރ ޖިއަންޝިން ޖާންއަކީ އޭޝިއާ ޕެސިފިކް ކޮލިޓީ ނެޓްވޯރކް (އޭޕީކިއުއެން)ގެ ރައީސްކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. ޕްރޮފެސަރ ޖިއަންޝިން ޖާންއަކީ މިހާރު އައްޔަން ކުރައްވާފައިވާ އޭޕީކިއުއެންގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ އިތުރުން، އެމެރިކާގެ ސީއެޗްއީއޭ އިންޓަރނޭޝަނަލް ކޮލިޓީ ގްރޫޕުގެ އެޑްވައިޒަރުކަމާއި ޔުނާން ހަޔަރ އެޑިޔުކޭޝަން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަމުގެ އިތުރުން، ޔުނާން ޔުނިވަރސިޓީގެ ރިސަރޗް ސެކްޓަރުގެ ޑިރެކްޓަރުކަން މިހާރު ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ޕްރޮފެސަރ ޖިއަންޝިން ޖާން ނަންގަވައިދެއްވި ސެޝަންގައި އެމްކިއުއޭގެ އިންސްޓިޓިއުޝަނަލް އޮޑިޓުގެ ގައިޑްލައިނާއި މެނުއަލްއަކީ ބައިނަލްއަގުވާމީ މައިދާނަށް ބަލާއިރު ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ސްޓޭންޑަޑްތަކެއްކަން ފާހަގަކުރައްވައި، އެމްކިއުއޭގެ ނިޒާމުގެ ފުރިހަމަކަމަށް އިޝާރާތް ކުރެއްވިއެވެ. އަދި އިންސްޓިޓިއުޝަނަލް އޮޑިޓާ ބެހޭގޮތުން، މަތީ ތައުލީމު ދޭ މަރުކަޒުތަކުން ވިސްނައިގަތުން މުހިއްމު ވަރަށް ގިނަ ނުކުތާތަކެއް އޮޅުންފިލުއްވައިދެއްވިއެވެ.

މި ވޯރކްޝޮޕްގައި އެމްކިއުއޭގެ ސީއީއޯ، ޑރ. އަބްދުލް ހަންނާނު ވަހީދު ބައިވެރިވެވަޑައިގަތެވެ. ޑރ. އަބްދުލް ހަންނާނު ވަހީދުގެ ވާހަކަފުޅުގައި، މި ވޯރކްޝޮޕުގެ މުހިއްމުކަން ފާހަގަކުރައްވައި، މިފަދަ ވޯރކްޝޮޕެއް ނަންގަވައިދެއްވުމަށް ކަމާ ގުޅުންހުރި ގާބިލު މާހިރަކު ހުރުމަކީ މި ވޯރކްޝޮޕް އިތުރަށް ފުރިހަމަވެގެން ގޮސްފައިވާ ކަމެއް ކަން ފާހަގަކުރެއްވިއެވެ. އަދި މި ވޯރކްޝޮޕުގެ ސަބަބުން، ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކަށް އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

20 ސެޕްޓެމްބަރު 2023
އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ

އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ

10 އޯގަސްޓު 2023
އެމްކިއުއޭގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

އެމްކިއުއޭގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

25 މެއި 2023
އަމާޒަކީ މަތީ ތައުލީމުގެ ފެންވަރު ބެލުމާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބެއްދުން: އެމްކިއުއޭ

އަމާޒަކީ މަތީ ތައުލީމުގެ ފެންވަރު ބެލުމާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބެއްދުން: އެމްކިއުއޭ

15 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު