Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމުގެ ޤާނޫނު

އަމާޒަކީ މަތީ ތައުލީމުގެ ފެންވަރު ބެލުމާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބެއްދުން: އެމްކިއުއޭ

15 ޑިސެމްބަރު 2022 | ބުރާސްފަތި 07:02

ޤަވާއިދުތަކާއި އުސޫލުތައް ފާއިތުވި ދުވަސްތަކުގައި ހެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޑިސެމްބަރު 2022 | ބުރާސްފަތި 07:02
އެމްކިއުއޭގެ ސީއީއޯ ޑރ އަބްދުލް ހަންނާން

އެމްކިއުއޭގެ ސީއީއޯ ޑރ އަބްދުލް ހަންނާން

އަމާޒަކީ މަތީ ތައުލީމުގެ ފެންވަރު ބެލުމާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބެއްދުންކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްކިއުއޭގެ މިހާރުގެ ސީއީއޯ ޑރ އަބްދުލް ހަންނާން ވަހީދު ވިދާޅުވީ، މަތީ ތައުލީމުގެ ފެންވަރު ބެލުމާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބައްދައި، އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް އެމްކިއުއޭއިން ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހަންނާން ވިދާޅުވީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ޤާނޫނުގެ ދަށުން އެމްކިއުއޭގެ އެކި މަސައްކަތްތަކާއި ގުޅޭ ޤަވާއިދުތަކާއި އުސޫލުތައް ފާއިތުވި ދުވަސްތަކުގައި ހެދިފައިވާ ކަމަށެވެ. އެގޮތުން ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދާއި ގައިޑްލައިންގެ އިތުރުން، އިސްޓިޓިއުޝަނަލް އޮޑިޓުގެ ޤަވާއިދާއި ގައިޑްލައިން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވެއެވެ.

އޭގެ ތެރެއިން ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން މިހާރު ހެދުމުގެ މަގުމަތީގައިވާކަން ހަންނާން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރު އެ ގައިޑްލައިން ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެމްއެންކިއުއެފްގެ އަމަލު ކުރުމާ ގުޅޭ ޤަވާއިދާއި، ސަނަދުގެ ފެންވަރު ބެލުމާ ގުޅޭ ޤަވާއިދުގެ އިތުރުން، ރާއްޖެއިން ބޭރުގެ ޑޮކްޓަރަލް ޑިގްރީ ޤަބޫލު ކުރުމުގެ އުސޫލުވެސް މިހާރު ވަނީ ނިންމައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

ހަންނާން ވިދާޅުވީ، އީ-ލަރނިން ނުވަތަ ޑިސްޓެންސް އެޑިއުކޭޝަން މެދުވެރިކޮށް ތައުލީމު ޙާސިލުކޮށްގެން ހޯދާ ޕީއެޗްޑީ ޤަބޫލު ކުރުމުގައިވެސް ވަކި އުސޫލުތަކެއް ހުންނަ ކަމަށެވެ. އެކަމާ ގުޅޭ ކަންކަން ރާއްޖެއިން ބޭރުގެ ޑޮކްޓަރަލް ޑިގްރީ ޤަބޫލު ކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާނެކަމަށް ހަންނާން ވިދާޅުވިއެވެ.

އެެހެންނަމަވެސް، އީ-ލަރނިންގ މެދުވެރިކޮށް ޕީއެޗްޑީ ހަދާނަމަ، އެ ޕްރޮގްރާމަކީ މަދުވެގެން 5 އަހަރުގެ ޕްރޮގްރާމަކަށް ވާން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ޔުނިވަރސިޓީއަށް ފުރިހަމައަށް ހާޒިރުވެގެން ތައުލީމު ޙާސިލުކުރާނަމަ، ޕީއެޗްޑީގެ 3 އަހަރުގެ ޕްެރޮގްރާމް އެމްކިއުއޭއިން ޤަބޫލު ކުރާނެކަމަށް ހަންނާން ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ، ބައެއް ފަރާތްތަކުން އޮޅުވާލައިގެން އެ ތަފްސީލުތައް އެމްކިއުއޭއާ ހިއްސާކުރާ ކަމަށެވެ. ވުމާއެކު، އެމްކިއުއޭއިން އިތުރަށް ކަންކަން ބަލައި ކަށަވަރު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކީރިތި ޤުރުއާނާ ބެހޭ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަރޑްއާ ގުޅޭ އުސޫލަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މަތީ ތައުލީމުގެ ފެންވަރާއި ގުޅޭ ގިނަ އުސޫލުތަކާއި، ޤަވާއިދުތަކާއި ގައިޑްލައިންތައް މިހާރު ގެޒެޓުކޮށް އަމަލުކުރަން ފެށިފައިވާކަން ފާހަގަ ކުރައްވައި ހަންނާން އިތުރަށް ވިދާޅުވީ، އެކަންކަން ތަންފީޒު ކުރަން ފެށުމުން ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ބެލުމުގެ ޤާނޫނުގެ ރޫހުގައި، މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ފަލަ ސުރުޚީ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް