Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޭކް ޕީއެޗްޑީގެ މައްސަލަ

އެމްކިއުއޭއިން ޕީއެޗްޑީ ލިޔުން ދިނީ 2016ގައި، އުސޫލާ ޚިލާފު އެތައް ކަމެއް!

އެއީ ފިލިޕީންސްގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ އިދާރާއިންވެސް ޤަބޫލު ނުކުރާ އެއްޗެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 06:38
އެމްކިއުއޭގެ ސީއީއޯ ޑރ އަބްދުލް ހަންނާން

އެމްކިއުއޭގެ ސީއީއޯ ޑރ އަބްދުލް ހަންނާން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން 2016 ވަނަ އަހަރު އުސޫލާ ޚިލާފަށް ޕީއެޗްޑީ ބަލައިގަންނަ ކަމުގެ ލިއުންތަކެއް ދީފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްކިއުއޭގެ މިހާރުގެ ސީއީއޯ ޑރ އަބްދުލް ހަންނާން ވަހީދު ވަނީ، މިފަހުން އާންމުވެފައިވާ "ފޭކް ޕީއެޗްޑީ" ގެ ވާހަކަތަކަށް އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

ޑރ ހަންނާން ވިދާޅުވީ، އެއީ ފިލިޕީންސްގެ ކޮލެޖަކުން އެވޯޑުކުރާ ޑޮކްޓަރަލް ޑިގްރީއެއް ކަމަށެވެ. އެހެންނަމަވެސް އެމްކިއުއޭގެ ކުރީގެ މެނޭޖްމަންޓުން އުސޫލާއި ޚިލާފަށް ލިއުން ދީފައިވަނީ ޕީއެޗްޑީއެއް ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ ހަންނާން ވިދާޅުވީ، ދިވެހި ދަރިވަރުންތަކެއް އެ ކޮލެޖަށް އެންރޯލްވެގެން އުޅުނީ ކޮލެޖަށް ފުރިހަމައަށް ހާޒިރުވެ، އެތަނަށް ގޮސްގެން ކިޔަވާ ގޮތަކަށްވެސް ނޫން ކަމަށެވެ.

ސުރުހީތަކުގައި އުޅެނީ އެ ޑޮކްޓަރަލް ޑިގްރީގެ ވާހަކަކަން ފާހަގަ ކުރައްވައި ޑރ ހަންނާން ވިދާޅުވީ، އެއީ އެމްކިއުއޭއިން ޤަބޫލުކުރާ ފެންވަރުގެ ޕްރޮގްރާމެއްކަމަށް 2016 ވަނަ އަހަރު އޭރުގެ އެމްކިއުއޭއިން ލިޔުން ދީފައިވާ ކަމަށެވެ.

އަދި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އޭރު އެމްކިއުއޭއިން ލިޔުން ދީފައި އޮތީ އުސޫލާ ޚިލާފަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަންނާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އުސޫލުތައް އޮންނަ ގޮތުން އެކިއެކި އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކަށް ކިޔަވައިދެނީ ކިހާ ލެވެލްއެއްގެ ޕްރޮގްރާމްތަކެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އެގޮތުން އުސޫލު އޮންނަ ގޮތަށް ބަލާއިރު، ޕީއެޗްޑީއަށް ކިޔަވައިދެވޭނީ ޔުނވަރސިޓީއަކަށް އެކަނިކަމަށް ހަންނާން ވިދާޅުވިއެވެ.

އޭގެ އިތުރުން، 2018 ވަނަ އަހަރު އެމްކިއުއޭއިން އޭރު އިތުރަށް ބެލި ބެލުމުން، ފިލިޕީންސްގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ އިދާރާ އިން ލިއުމުން އެމްކިއުއޭއަށް ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮންނަކަމަށް ހަންނާން ވިދާޅުވިއެވެ. އެ ސިޓީގައި އެއީ ފިލިޕީންސްގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ އިދާރާއިންވެސް ޤަބޫލު ނުކުރާ އެއްޗެއްކަން ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ޕީއެޗްޑީއާ ގުޅޭ އަނެއް ޤައުމުކަމަށްވާ ސްރީލަންކާގެ ކަމާ ގުޅޭ އިދާރާތަކުންވެސް މިއީ ޤަބޫލު ނުކުރެވޭ އެއްޗެއްކަމަށް އެމްކިއުއޭއަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފިލިޕީންސްގެ މި ޕްރޮގްރާމްގައި ކިޔަވާދީފައިވަނީ ސްރީލަންކާގެ އެއިމްސް ކޮލެޖުންނެވެ. 

ނުވިތާކަށް ފިލިޕީންސްގެ ކޮލެޖުން ސްރީލަންކާގެ އެއިމްސް ކޮލެޖާއެކު ޕާޓްނަރޝިޕްގެ ދަށުން މި ޕްރޮގްރާމް ހިންގުމުގެ ހުއްދަވެސް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ދީފައެއް ނެތެވެ.

އެހިސާބުން އެމްކިއުއޭއިން އާންމު އިއުލާނެއް ނެރުނެވެ. އެގޮތުން މީގެ ފަހުން އެ ޕީއެޗްޑީ ޕްރޮގްރާމް އެމްކިއުއޭއިން ޤަބޫލު ނުކުރާނެކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، އެހާތަނަށް ކޯސް ހަދަމުން ދިޔަ ކުދިން އެ ލިއުން އެމްކިއުއޭއަށް ހުށައެޅުމަށް އިއުލާނުގައި އަންގާފައިވެއެވެ. އެގޮތުގެ މަތިން ހުށައެޅުމުން، އެމްކިއުއޭއިން ޤަބޫލު ކުރާނެކަމަށް އޭރު ދަރިވަރުންނަށް އެންގިއެވެ. އެއީ 2018 ވަނަ އަހަރުއެވެ.

އޭރު ކިޔަވަމުން ދިޔަ 54 ދަރިވަރަކު އެމްކިއުއޭއަށް ހުށައެޅިކަމަށް ހަންނާން ވިދާޅުވިއެވެ.

އެހެންނަމަވެސް، ސަނަދެއް ޙާސިލު ކުރުމުގެ ކުރިން އެގޮތަށް، ސަނަދެއް ޤަބޫލު ކުރާނެކަމަށް ބުނުމަކީ އެމްކިއުއޭގެ އުސޫލުގެ ދަށުން އެއްވެސް އިރެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށް ހަންނާން ވިދާޅުވިއެވެ.

ވުމާއެކު، މިއީ ޤަބޫލު ނުކުރެވޭނެ ޕްރޮގްރާމެއްކަން އެނގުމުންވެސް، އެގޮތަށް އެމްކިއުއޭއިން ދަރިވަރުންނަށް ފެހި ސިގްނަލް ދީފައިވާތީ އެކަން ހަންނާން ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ ފަހުން އެމްކިއުއޭއިން 2021 ވަނަ އަހަރު އެ އޮތީރިޓީގެ ގަވަރނިންގ ބޯޑުގެ 6 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ، މިއީ ޤަބޫލު ކުރެވޭނެ ޕްރޮގްރާމެއް ނޫން ކަމަށެވެ. އެކަން ބަޔާންކޮށް 24 މާރޗު 2021 ގައި ވަނީ ސަރކިއުލަރއެއްވެސް ނެރިފައެވެ.

ވުމާއެކު، އެމްކިއުއޭގެ ކުރީގެ ނިންމުން ބާތިލުވެފައިވާކަން ހަންނާން ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ ފަހުން ގަވަރނިންގ ބޯޑުގެ 12 ވަނަ ބައްދަލުވުމުގައި، އެތަނުން ކިޔެވި ދަރިވަރުން ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށައަޅައިފިނަމަ ކަންތައް ކުރާނެ ގޮތްތަކެއް ނިންމާފައިވާކަމަށް ހަންނާން ވިދާޅުވިއެވެ. އެގޮތުން ފިލިޕީންސްގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ އިދާރާ އިން އެ ކޯސް މިހާރު ބަލައިގަންނަނަމަ، އެމްކިއުއޭއަށްވެސް ބަލައިގަނެވިދާނެކަން އެ ބައްދަލުވުމުގައި އޮތީ ނިންމާފައެވެ.

ހަންނާން އިތުރަށް ވިދާޅުވީ، އެމްކިއުއޭއިން ސަރކިއުލަރ ނެރުމުން އެތަނުން ކިޔެވި އެއްވެސް ދަރިވަރަކު، އެ ސަނަދުގެ ފެންވަރު ބެލުމަށް އެދި އެ އޮތޯރިޓީއަށް ހުށައަޅާފައި ނުވާ ކަމަށެވެ. އޭގެ ފަހުން 5 ދަރިވަރަކު ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށައެޅި ކަމަށް ހަންނާން ވިދާޅުވިއެވެ.

ވުމާއެކު، އެމްކިއުއޭއިން 30 ޖޫން 2021 ގައި ވަނީ، ފިލިޕީންސްގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ އިދާރާ އިން އެ ކޯސް ބަލައިގަންނަ ކަމުގެ ލިއުމެއް ހުށައެޅުމަށް އަންގައި ޖަވާބު ފޮނުވާފައެވެ. ނަމަވެސް އެއްވެސް ދަރިވަރަކު އެފަދަ ލިއުމެއް ހުށައަޅާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، އެމްކިއުއޭއިން ވަނީ ސަނަދު ޤަބޫލު ނުކުރާކަމަށް ދަރިވަރުންނަށް ސަބަބާއެކު އަންގާފައެވެ. 

ހަންނާން ވިދާޅުވީ، އޭރުގެ އެމްކިއުއޭގެ މެނޭޖްމަންޓުން މިކަން ހިންގާފައި އޮތީ ގަވަރނިންގ ބޮޑީއަށްވެސް އެންގުމެއް ނެތިކަމަށެވެ. އެއީވެސް އެތަކެއް ސުވާލެއް އުފެދޭ ކަމެއްކަމަށް ހަންނާން ވިދާޅުވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

20 ސެޕްޓެމްބަރު 2023
އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން، މަތީ ތައުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްކިއުއޭއިން ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި

އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން، މަތީ ތައުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްކިއުއޭއިން ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި

10 އޯގަސްޓު 2023
އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ

އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ

10 އޯގަސްޓު 2023
އެމްކިއުއޭގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

އެމްކިއުއޭގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

25 މެއި 2023

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު