Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމް.ކިއު.އޭގެ ފަހުމުނާމާ

އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެކްރެޑިޓެޑް ކުރެވޭ ޕްރޮގްރާމްތައް އެމް.ކިއު.އޭގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރެޖިސްޓަރީގައި ޝާއިއުކުރެވެމުންދާނެ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 09:00
ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އާއި މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާ ގުޅިގެން ބުދަ ދުވަހު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. މި ފަހުމުނާމާއަކީ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގެ ދަށުން ހިންގާ ޕްރޮގްރާމްތައް އެކްރެޑިޓް ކުރުމަށްޓަކައި އެ ދެ އިދާރާގެ ދެމެދު ވެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގައި ސޮއިކުރި ރަސްމިއްޔާތުގައި، އެމް.ކިއު.އޭގެ ސީ.އީ.އޯ ޑރ. ޢަބްދުލްޙަންނާން ވަހީދު ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން އެމް.އެން.އެސް.ޑީ.އޭ އިން ރެޖިސްޓަރޑް ޓްރެއިނިންގ ޕްރޮވައިޑަރސް (އާރ.ޓީ.އޯ) ތަކާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގައި ހިމެނޭ މަސައްކަތު ތަޢުލީމާއި ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ލިބޭގޮތަށް ހިންގުމަށް މަގު ފަހިވެގެން ދާނެކަމަށެވެ.

މިގޮތުން އެކްރެޑިޓެޑް ކުރެވޭ ޕްރޮގްރާމްތައް ވެސް އެކްރެޑިޓެޑް ކުރެވެމުން ދާ ވަރަކަށް، އެމް.ކިއު.އޭގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރެޖިސްޓަރީގައި ޝާއިއުކުރެވެމުން ދާނެ ކަމަށް އެމް.ކިއު.އޭއިން މަޢުލޫމާތުދެއެވެ.

މި ފަހުމުނާމާގައި އެމް.ކިއު.އޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މަރްޔަމް ފިޒާނާ ރަޝީދުއެވެ. އަދި އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން، މަތީ ތައުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްކިއުއޭއިން ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި

އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން، މަތީ ތައުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްކިއުއޭއިން ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި

10 އޯގަސްޓު 2023
އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ

އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ

10 އޯގަސްޓު 2023
ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމުން އަޚުލާގު ދަށްވާ ކަމަށް ދުށުމަކީ ކޮށި ވިސްނުމެއް، އެކަން ގޮންޖެހުމަކަށްވޭ - ޝަކީބާ

ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމުން އަޚުލާގު ދަށްވާ ކަމަށް ދުށުމަކީ ކޮށި ވިސްނުމެއް، އެކަން ގޮންޖެހުމަކަށްވޭ - ޝަކީބާ

18 ޖުލައި 2023
"ޒުވާނުންނަށް ހުނަރު ދަސްކުރުމުގެ ފުރުސަތުތައް އެބަހުރި، ޕަރސެޕްޝަން ބަދަލުކުރަން ޖެހޭ"

"ޒުވާނުންނަށް ހުނަރު ދަސްކުރުމުގެ ފުރުސަތުތައް އެބަހުރި، ޕަރސެޕްޝަން ބަދަލުކުރަން ޖެހޭ"

18 ޖުލައި 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު