Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން އުޅުނު ތަނ

މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން - "ރޯކޮށްލީ ޕެޓްރޯލް އަޅައިގެން ކަމަށް ބެލެވޭ"

ރޯކޮށްލާފައިވާ ކަމަށް ބެލެވެނީ ފަތިހު ފަތިސް ނަމާދަށް ފަހުގެ ވަގުތެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 އޯގަސްޓު 2023 | އަންގާރަ 03:54
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން

މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޯކޮށްލައިފިއެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން އާއްމު މީހަކު ބުނީ އެ ރަށަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް ތައްޔާރު ކުރީ އެ ރަށުގެ ސްކޫލް ކައިރީގައި ކަމަށެވެ. އަދި އެތަން ތައްޔާރުކޮށް ނިމުނީ ރޭ ދަންވަރު 03:00 ވެސް ވީ ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެތަނުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވެނީ ފަތިހު ފަތިސް ނަމާދަށް ފަހުގެ ވަގުތެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ރޯކޮށްލާފައި ވަނީ ޕެޓްރޯލް ބޭނުންކޮށްގެން ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރޯކޮށްލުމާއި ގުޅިގެން އެ ސަރަހައްދުގައި ހުރި 50 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަކާއި އެ ތަނުގައި ހުރި މޭޒުތައް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލް ފާރު ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.ފުލުހުން ދަނީ މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަޑަވެއްޔަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހާރު ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިންނެވެ. މަޑަވެލީގައި ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތަނުގައި ރޯކޮށްލި ނަމަވެސް އެ ރަށަށް ރައީސް ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަޑަވެލި

އިތުރަށް ކިޔާލަން

18 ޖުލައި 2025

އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި

18 ޖުލައި 2025
އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި
09 އޯގަސްޓު 2023

މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި

09 އޯގަސްޓު 2023
މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި
08 އޯގަސްޓު 2023

މަޑަވެލި ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

08 އޯގަސްޓު 2023
މަޑަވެލި ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
08 އޯގަސްޓު 2023

މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލައި، ތަނަށާއި ތަކެއްޗައް ގެއްލުން ދިނުން އެމްޑިޕީން ކުށްވެރިކޮށްފި

08 އޯގަސްޓު 2023
މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލައި، ތަނަށާއި ތަކެއްޗައް ގެއްލުން ދިނުން އެމްޑިޕީން ކުށްވެރިކޮށްފި
08 އޯގަސްޓު 2023

އެމްޑީޕީ މެމްބަރުން ކިބައިން ރައީސް އެދިވަޑައިގެންނެވީ އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސް ނުކުރުމަށް

08 އޯގަސްޓު 2023
އެމްޑީޕީ މެމްބަރުން ކިބައިން ރައީސް އެދިވަޑައިގެންނެވީ އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސް ނުކުރުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު