Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑަވެލި ހޯޑެއްދޫ ބްރިޖު

މަޑަވެލި ހޯޑެއްދޫ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

26 މާރިޗު 2023 | އާދީއްތަ 07:54

ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 26 އޮކްޓޯބަރު 2021 ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 މާރިޗު 2023 | އާދީއްތަ 07:54
މަޑަވެލި ހޯޑެއްދޫ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލި ހޯޑެއްދޫ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. މަޑަވެލި އަދި ހޯނޑެއްދޫ ގުޅާލުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަޑަވެލި ހޯނޑެއްދޫ ބްރިޖަކުން ގުޅާލުމަށްޓަކައި އެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 26 އޮކްޓޯބަރު 2021 ގައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިމަޝްރޫއުގެ ސައިޓް މަސައްކަތްތައް ވަނީ ފަށާފައިވާއިރު މަޑަވެއްޔާއި ހޯނޑެއްދޫ އަދި ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތް އޭރުކޮށްފައިވެއެވެ. އަދި ގދ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށާފައި ވަނީ 12 ޑިސެމްބަރު 2022ގައެވެ.

84.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން، 10 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 262 މީޓަރުގެ މަގެއް ހަދައި މަގު މާކު ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ދެ ބްރިޖަށް ވާ ގޮތަށް 383 މީޓަރުގެ ދިގުމިނަށް ކޯޒްވޭ އަލުން ތަރައްގީކުރާނެއެވެ. ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އިން ބުނީ މި މަޝްރޫއަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓަރުތައް ބެދި އޮއިވަރު ބްލޮކުވުމުގެ ސަބަބުން އެ ދެ ރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށެވެ.

މި މަސައްކަތް އަމަލީ ގޮތުން ފަށާފައިވާއިރު، މީގެ ކުރިންވެސް މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލާފައިވެއެވެ. އެހެންނަމަވެސް، އެ ދެ ރަށުގެ ބައެއް މީހުން ވަނީ އެ ކޯޒްވޭ ތިން ފަހަރެއްގެ މަތިން ކަަނޑާލާފައެވެ. އެ މީހުން އެކަން ކުރީ އެ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރަމުންދާ ކަމަށާއި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ތުހުމަތުކޮށެވެ.

އެމްޓީސީސީމަޑަވެލި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް