Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތީޚާބު 2023

އިންތިޚާބުގެ ފޯރިއެއް ނެތް، އޮތީ އެތެރޭގެ ކޯޅުންތައް!

2008، 2013 އަދި 2018 ގައި ފެނުނު ފޯރިއެއް މިއަހަރަކު ނެތް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2023 | އާދީއްތަ 11:51
ބައި އިލެކްޝަން ވޯޓުލުން

ބައި އިލެކްޝަން ވޯޓުލުން

ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ އެންމެ ބޮޑު އިންތިޚާބަށް ބާކީ މިއޮތީ މަހެއްހާ ދުވަހެވެ. މި އިންތިޚާބަކީ ކުރިއަށް އޮތް ފަސް އަހަރަށް މި ޤައުމު ހިންގާނެ ވެރިއަކު ހޮވުމަށް ބާއްވާ އިންތިޚާބަށްވާއިރު މިއީ ކޮންމެ ރައްޔިތަކަށް ވެސް މުހިންމު އިންތިޚާބެކެވެ. ނަމަވެސް ފެންނަނީ އެ މަންޒަރެއް ނޫނެވެ. އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު އޭގެ އަސަރެއްވެސް ފެންނަން ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ.

މީގެ ކުރިން ރިޔާސީ އިންތިޚާބުގެ އަހަރު އެއްކޮށްހެން މުޅި ރާއްޖޭގައި ފެންނަނީ ވާދަވެރިކަމެވެ. ކުރިމަތިލާން ބޭނުންވާ ކެންޑިޑޭޓުން އެކަން އިއުލާންކުރުމާއެކު އެ ބޭފުޅަކަށް ތާއީދު ކުރާ ބަޔަކު އެ ބޭފުޅެއްގެ ޖަގަހަތައް ނަލަކޮށް، ރަށުތެރޭގައި ފޯރިއާއެކު ކެމްޕޭނު ފަށައިގަނެއެވެ. 2008، 2013 އަދި 2018 ގައި ވެސް މި މަންޒަރު ފެނުނެވެ. މާލޭގައި ވެސް ޕޯސްޓަރު ހަރުކުރުމާއި ކެންޑިޑޭޓުންގެ ކުލައިގެ ފޮތިތަކުން މަގުތައް ޖަރީކުރުމަކީ އިންތިޚާބެއް ކުރިއަށް އޮތްކަން އަންގައިދިން ކަންކަމެވެ. އިންތިޚާބުގެ ފޯރި އޮތްކަން އަންގައިދިން ކަންކަމެވެ.

މިފަހަރުގެ މަންޒަރު ތަފާތެވެ. އިންތިޚާބަށް މަހަކަށްވެފައިވާއިރު ބައެއް ޕާޓީތަކުގައި ވާދަކުރުމާމެދު އޮތީ ސުވާލު އުފެދިފައެވެ. ބައެއް ޕާޓީތަކަށް އަދިވެސް ކެންޑިޑޭޓުން ނުދެއްކެއެވެ. ބައެއް ޕާޓީތަކުން ދައްކަނީ އިތުރު ގޮތެއް ނެތިގެން ނެރޭ ކެންޑިޑޭޓުންނެވެ. މިކަންކަމާހެދި ރައްޔިތުން ވެސް ތިބީ ވާނުވާއެއްގެ ތެރޭގައެވެ. ވާދަ ކުރާ ބަޔަކާ ނުކުރާ ބަޔަކު އެނގޭނީ ވޯޓު ކަރުދާސް އަތަށް އެރުމުން ކަމަށް ބައެއް ފަރާތްތަކުން މަޖާޒީ ގޮތަކަށް ބުނަމުންދެއެވެ.

ވާދަ ކުރާ ކެންޑިޑޭޓުން ނުދެއްކޭއިރު ބައެއް ޕާޓީތަކުގައި މިހާރު އޮތީ އެތެރޭގެ ކޯޅުންގަނޑެވެ. އިތުރު "ޗޮއިސް" އެއް ނެތިގެން ނެރޭ ކެންޑިޑޭޓުންނާ މެދު ޕާޓީތަކުގެ މެމްބަރުން ހިތްހަމަނުޖެހި ދަނީ އެ ނިންމުންތައް ބަދަލު ކުރުމަށް ގޮވާލަމުންނެވެ. އަނެއްބަޔަކު މަސައްކަތް ކުރަނީ ވަކި ބޭފުޅަކަށް އިންތިޚާބު ކާމިޔާބުވިޔަ ނުދިނަމަށެވެ. އެހެންވެ ކޮންމެ ގޮތެއް ހަދާފައިވެސް އެކަން ކުރުމަށް ޕްލޭން އޭއިން ފެށިގެން ޕްލޭން ޒެޑާ ހަމައަށް "ވަރކް" ކުރޭތޯ ބަލަނީއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކެމްޕޭނުގެ ހަރަކާތްތައް ހިންގަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެ ޕާޓީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގެން އަމިއްލަފުޅަށް ރައްޔިތުންނާ ބައްދަލު ކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ. އެހެންމީހަކު ނުހޮވުމަށްވުރެ ބޮޑަށް އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ގެންދަވަނީ ކިޔައިދެއްވަމުންނެވެ.

އިންތިޚާބެއްގެ ފޯރިއަކީ އެންމެ ކެންޑިޑޭޓެއް ކުރާ މަސައްކަތުން ފެންނާނެ އެއްޗެއް ނޫނެވެ. މިއަށްވުރެ ބޮޑަށް ވާދަވެރިކަން ފެންނަ ޖެހެއެވެ. ބައެއް ކެންޑިޑޭޓުންގެ ޕާޓީތަކުން ކެމްޕޭން ކުރުމަށް ރަށްތަކަށް ޒިޔާރަތް ކުރި ނަމަވެސް ކެންޑިޑޭޓު ފެންނާކަށް ނުހުރެއެވެ.

މި އިންތިޚާބުގައި ޕާޓީތަކުގެ ފޯރީގެ އިތުރުން އިތުރުން ރައްޔިތުންގެ ތަރުހީބުވެސް ކުޑައެވެ. އެކަން އެނގިގެންދިޔައީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްތަކުގައި ވޯޓުލާނަމަ ރީ ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތުގައެވެ. މަދު ބަޔަކު ރީ ރަޖިސްޓްރީކޮށްފައިވާއިރު އެއްބަޔަކު ރަޖިސްޓްރީކުރަން ބޭނުން ނުވަނީއެވެ. ވޯޓުލާން ވެސް ބޭނުން ނުވަނީއެވެ. ނަމަވެސް މިއީ ތިމާ އާއި ތިމާގެ ދަރިން އަދި އާއިލާގެ ކުރިމަގަށް ވެސް މުހިންމު ނިންމުމެއްކަން ވިސްނަން އެބަޖެހެއެވެ. ވޯޓުލުމުގެ ޙައްގަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ޙައްގަކަށްވާއިރު އެ ޙައްގުގެ ބޭނުން ރަނގަޅަށް ކުރަން ޖެހެއެވެ.

މި އިންތިޚާބަށް ވުރެ އެންމެ ފަހުން ނިމުނު ލޯކަލް ކައުންސިލް އިންތީޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ވެސް މާ ފޯރިގަދަކަން ފާހަގަކޮށްލެވެއެވެ.

މަގޭ ރިޕޯޓް2023 ރިޔާސީ އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު