Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެމްބާޕޭ އާއެކު ޕީއެސްޖީ އަށް އެއްވެސް ހައްލެއް ނުހޯދުނު!

2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ގެރެންޓީޑް ސޭލް ކްލޯޒާއެކު، އައު އެއްބަސްވުމެއް ހުށަހެޅި ނަމަވެސް އެމްބާޕޭ ވަނީ ރިޖެކްޓުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2023 | އާދީއްތަ 03:30
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ޖެހިފައިވާ މައްސަލައިގައި މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައި ނުވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެމްބާޕޭ ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ޕީއެސްޖީން ވަނީ "ހުރިހާ މަގަކުން" ހިނގައިފަ އެވެ. ނަމަވެސް އެކަމުގައި މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވެ އެވެ. ޕީއެސްޖީ އާއެކު އެމްބާޕޭ އެންމެ ފަހުން ސޮއި ކުރި ދެ އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އެމްބާޕޭ ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީ އަށް ކުޅުމަށްފަހު، އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. އެކަމަށްޓަކައި އެމްބާޕޭ ވަނީ ރެއާލާއެކު މަޝްވަރާކޮށްފައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް މޮޅު ކުޅުންތެރިޔަކު ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލުމަކީ ޕީއެސްޖީން ބޭނުންވާ ގޮތެއް ނޫނެވެ. އެހެންވެ ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

ޕީއެސްޖީން އެމްބާޕޭ އަށް ދިނީ ދެ ފުރުސަތެކެވެ. އެއް ފުރުސަތަކީ ކުލަބުގެ އެއްބަސްވުން އައު ކުރުމެވެ. ނޫން ނަމަ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ކުލަބަކަށް ބަދަލުވުމެވެ. އެ މައްސަލައިގަައި ޕީއެސްޖީން ޖަޕާނަށް ކުރި ދަތުރުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފަ އެވެ. މީގެ އިތުރުން އެއްބަސްވުން އައުނުކުރާ ނަމަ، ކުރިއަށް އޮތް ސީޒަނުގައި އެމްބާޕޭ އަށް ކުޅުމުގެ ފުރުސަތު ނުދިނުމަށް ވެސް ޕީއެސްޖީ އޮތީ ތައްޔާރަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

މައްސަލަ ބޮޑުވެފައި ވަނިކޮށް ދާދި ފަހުން ވެސް ޕީއެސްޖީން ވަނީ އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ގެރެންޓީޑް ސޭލް ކްލޯޒާއެކު، އައު އެއްބަސްވުމެއް ވަނީ އޭނާ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެމްބާޕޭ ވަނީ އެ ހުށަހެޅުން ވެސް ބަލައި ނުގަންނަން ނިންމާފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންކަމުން އެމްބާޕޭ ހަމައެކަަނި ބޭނުންވަނީ ރެއާލަށް ބަދަލުވާން ކަމަށް ޕީއެސްޖީން ވެސް ޤަބޫލު ކުރެ އެވެ. ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން، އެ ހުށަހެޅުން ހުށަހެޅުމުގެ ކުރިން އެ ކުލަބުގެ ރައީސް ނާސިރު އެލް ޚެއްލާފީ ވަނީ ވަކިން އެމްބާޕޭއާ ބައްދަލު ވެސް ކޮށްފަ އެވެ.

އެމްބާޕޭ ހޯދުމުގެ މަސައްކަތް މީގެ ކުރިން ވެސް ރެއާލުން ކުރި އެވެ. ގާތް ގަނޑަކަށް އެ ކުލަބަށް ބަދަލުވާން އޭނާ ނިންމި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައުކޮށްފަ އެވެ. މިހާރު އަނެއްކާ އެމްބާޕޭ ރެއާލަށް ބަދަލުވާން އުޅޭ އިރު، ދާދި ފަހުން ރެއާލްގެ ރައީސް ވިދާޅުވީ އެ ކުލަބުން އެމްބާޕޭ ގެންނާނެ ކަމަށެވެ. ނަމަވެސް އެއީ މިއަހަރު ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޕީއެސްޖީކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު