Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން އަހަރެން ބޭރު ކުރަން ވަރަށް ވާހަކަ ފަތުރާނެ: ޕެޑްރީ

3 އޯގަސްޓު 2023 | ބުރާސްފަތި 04:59

ބާސެލޯނާގައި މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ކުލަބުގެ ކެޕްޓަނަށްވެ، އައު ދަނޑުގައި ކުޅުން ކަމަށް ވެސް ޕެޑްރީ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2023 | ބުރާސްފަތި 04:59
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރީ

ބާސެލޯނާ އިން އޭނާ ބޭރު ކުރުމަށް ވަރަށް ވާހަކަ ފަތުރާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރީ ބުނެފި އެވެ.

ޕެޑްރީ މިހެން ބުނީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ގެންގުޅޭ ކަމަށް މީޑިއާތަކުގައި ބުނެފައި ވަނިކޮށެވެ. އެކަމަށް ރައްދު ދެމުން ޕެޑްރީ ބުނީ، އޭނާ ބާސެލޯނާ އިން ބޭރު ކުރުމަށް، ދޮގު ވާހަކަތައް ފަތުރާނެ ކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް ދޮގު ވާހަކަތަކަށް ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށާއި، އޭނާ ބޭނުންވަނީ ބާސެލޯނާގައި ހުންނަން ކަމަށް ޕެޑްރީ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޕެޑްރީ ބުނީ، ބާސެލޯނާ އަކީ އޭނާގެ ހުވަފެނީ ކުލަބު ކަމަށާއި، އެ ކުލަބުގައި ވީހާ ވެސް ގިނަ އަހަރުތަކެއް ވަންދެން ހުންނަން ބޭނުންވާ ކަމަށެވެ. ބާސެލޯނާގައި މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ކުލަބުގެ ކެޕްޓަނަށްވެ، އައު ދަނޑުގައި ކުޅުން ކަމަށް ވެސް ޕެޑްރީ ވަނީ ބުނެފަ އެވެ.

އުމުރުން 20 އަހަރުގެ ޕެޑްރީ ބާސެލޯނާ އަށް ގުޅުނީ 2019 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އެ ކުލަބަށް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 26-2025 ވަނަ ސީޒަނުގެ ނިޔަލަށެވެ. ބާސެލޯނާގެ މެދު ތެރޭގައި ޕެޑްރީ އަކީ މިހާރު އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން ބާސެލޯނާ އިން ބައެއް ކުޅުންތެރިން ދޫކޮށްލަން ނިންމާފައިވާއިރު، ޕެޑްރީ އަކީ "އަތްނުލެވޭނެ" ކުޅުންތެރިޔެއްގެ ގޮތުގައި ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ނިންމައިފަ އެވެ.

ޕެޑްރީ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 109 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ އަށް ބަދަލުވި ފަހުން ޕެޑްރީ ވަނީ ގޯލްޑަން ބޯއީ އެވޯޑާއި، ކެޕާ އެވޯޑު ހާސިލްކޮށްފަ އެވެ. ޕެޑްރީ އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ސްޕެއިން ޤައުމީ ޓީމުގައި ވެސް ހިމެނިގެން ކުޅެމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް