Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފި

މިއީ 162.88 މިލިއަން ރުފިޔާގެ މަޝްރޫއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2023 | ބުރާސްފަތި 02:57
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތްތައް ކުރިއަށްދަނީ

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތްތައް ކުރިއަށްދަނީ

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ބާރު ސްޕީޑްގައި ކުރިއަށްދާ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން، 12,3275 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1,767 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 711 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރުގެ ޝީޓް ޕައިލް އެޅުމާއި، 2080 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑް، ފެންޑަރ އަދި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 162.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތް ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރަށުގެ ރައްޔިތުން ޕިކްނިކް އައިލެންޑެއް ބޭނުންވާ ކަމަށެވެ. އެ އައިލެންޑް ހެދުމުގެ މަސައްކަތް ކުރުމުގެ ކުރިން އީއައިއޭގެ މަސައްކަތް ކުރަން ޖެހޭއިރު އެކަމަށް ދެތިން މަސް ދުވަސް ނަގާނެ ކަމަށާއި އެ މަސައްކަތް އަވަސް ކުރުމަށް ހާއްސަ އިސްކަމެއްދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު