Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލައިގައި ހިމެނޭ މަފާޒް

ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން މަފާޒު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ޙުކުމްކޮށްފި

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މަފާޒު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކަމަށް ޙުކުމް ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޯގަސްޓު 2023 | ބުދަ 10:15
ނަދީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން

ނަދީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މުހައްމަދު މަފާޒު ހުސައިން ސަލީމް އެފަދަ އިތުރު މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓައި ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ނޫން ކަމަށާއި، ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު, އަލްއުސްތާޛު އަޙްމަދު ޝަކީލްއެވެ.

މިއީ މަފާޒް ބަންދުން ދޫކޮށްލާފައިވާތީ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

ކްރިމިނަލް ކޯޓުން މަފާޒު ދޫކޮށްލީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުފެންނަކަމަށް ބުނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުން ވަނީ އޭނާގެ ކުށުގެ ރެކޯޑާއި، މުޖުތަމައުގައި އަދާކުރާ ދައުރަށް ބަލާއިރު، އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން އެނގެން އޮންނަކަމަށް ފާހަގަ ކުރައްވާފައެވެ.

ނަދީމްގެ މަރުގެ މައްސަލަ ސާބިތު ނުވާކަމަށް ކަނޑައެޅި ތާރީޚުން ފެށިގެން މިހާތަނަށް މަފާޒްގެ މައްޗަށް 2 މައްސަލައެއްގައި ދައުވާ އުފުލާފައިވާ ކަމަށާއި، އޭނާގެ ކުށުގެ ރެކޯޑުތަކެއް އެބަހުރިކަމަށް ދައުލަތުގެ ވަކީލު ވަނީ ނަދީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައިވެސް ވިދާޅުވެފައެވެ.

އެއީ މަޖީދީމަގުގައި ހުންނަ ޑައިންމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު މައްސަލައަކާއި، މަފާޒު ދޫކޮށްލާފައި ހުއްޓައި މިއަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު ފުލުހަކަށް ހަމަލާދިން މައްސަލައެކެވެ.

މާރާމާރީ ހިންގަން އުޅުނު ސަރަހައްދުގެ މަގުމަތިން ކަތިވަޅިއެއް ފެނިފައިވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެކަންކަން މި މައްސަލައިގައިވެސް ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއީ މިފަހުން ހުށައެޅުނު އެބާވަތުގެ ދެވަނަ މައްސަލަކަންވެސް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

ކުށުގެ ރެކޯޑު އޮތްކަން ދައުލަތުން ބުނެބުނެ އޮއްވައި، އެ ޙަޤީޤަތް ސާފު ކުރުމެއް ނެތި ކުށުގެ ރެކޯޑު ނެތްކަމަށް ބުރަވެ ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވިއެވެ.

އަދި ފަނޑިޔާރުން ނިންމުންތައް ނިންމަވާއިރު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން، އަދުލުވެރިކަން ޤާއިމު ކުރަންޖެހޭނެކަމަށްވެސް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވިއެވެ.

އޭގެ އިތުރުން، ޖަލު ބަލަހައްޓާ ފުލުހަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްވެސް އޭނާގެ މައްޗަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސާބިތުވެފައިވެއެވެ.

ދަށު ކޯޓުން މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާފައިނުވާކަމަށާއި، ފާޅުގައި ފެންނަން ހުރި ކަންކަމަށްވެސް ރިއާޔަތްކޮށްފައި ނުވާކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. ފާޅުގައި ފެންނަންހުރި ކަންކަމަށްވެސް ބެލުމެއްނެތި، އިތުރު މައްސަލަތައް ފާހަގަކޮށްގެން ގޮތް ނިންމާފައިވާ ގޮތަށްވެސް ހައިކޯޓުގެ ފަނޑިޔާރުން ފާޑުވިދާޅުވެފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މަފާޒު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކަމަށް ޙުކުމް ކުރައްވާފައެވެ.

ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން މަފާޒު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު