Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް

އައިއެމްއެފްގެ ޓީމާއެކު ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

މަޖިލީހުގައި މި ބައްދަލުވުން އޮތީ 11:30 ގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 ޖުލައި 2017 | އާދީއްތަ 07:30
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އަދި އިގްތިސާދީ ކޮމިޓީގެ މެމްބަރުން އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު ( އައިއެމްއެފް) ވަފުދާއެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީ ސިއްރުކުރި ސަބަބެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުން ސިއްރުކޮށްފައިވަނީ، މިޑިޔާގެ ފަރާތްތަކުން މަޖިލީހަށް ދިޔަފަހުންނެވެ. އައިއެމްއެފްގެ ޓީމާއެކު މަޖިލީހުގެ މެބްބަރުން ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުމުގައި އައިއެމްއެފް ދިހަ ވަރަކަށް އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

ހެނދުނު 11:30 ހާއިރު ފެށި މި ބައްދަލުވުން ނިންމާލާފައިވަނީ 1:30 ހާއިރު އެވެ. މިބައްދަލުވުމުގައި އައިއެމްއެފް އިން ވަނީ އެބޭފުޅުން އެކުލަވާލާފައިވާ، އިގްތިސާދީ ރިވިއު ހިއްސާކޮށްފަ އެވެ.

ކޮންމެ އަހަރަކު ވެސް އައިއެމްއެފްގެ ޓީމާއެކު މަޖިލީހުން ބައްދަލުވުން ބާއްވާއިރު، މިއީ މި ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފައި ވަނީ މި އަހަރާއި މިދިޔަ އަހަރު އެވެ. އޭގެ ކުރީގެ އަހަރުތަކުގައި ބައްދަލުވުން ވަނީ ބާއްވާފައިވަނީ ހުޅުވާލައިގެންނެވެ.

ރާއްޖޭގެ އިގްތިސާދުގެ ރިވިއުއެއް ހެދުމަށް ރާއްޖެ ވަޑައިގެންނެވި ޓީމާއެކު މަޖިލީހުގެ އިގްތިސާދީ އަދި މާލިއްޔަތު ކޮމިޓީއިން ބައްދަލުކޮށްފައިވަނީ މިިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު