Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް ސޮސިއެޑާޑް

އަންދްރޭ ސިލްވާ ހޯދުމުގައި ސޮސިއެޑާޑަށް ކުރިއެރުންތަކެއް

ލައިޕްޒިގާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޯގަސްޓު 2023 | އަންގާރަ 04:58
އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ސިލްވާ

އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ސިލްވާ

ޖަރުމަނު ލީގުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް އަންދްރޭ ސިލްވާ ހޯދުމަށް ރެއާލް ސޮސިއެޑާޑުން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދައިފި އެވެ.

ފްރޭންކްފާޓް ދޫކޮށް ސިލްވާ ލައިޕްޒިގަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޖުމުލަ 23 މިލިއަން ޔޫރޯ ޚަރަދުކޮށްގެން ލައިޕްޒިގުން އޭނާ ހޯދީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން ލައިޕްޒިގާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސޮސިއެޑާޑުގެ ޝައުޤުވެރިކަން ސިލްވާ އަށް ފާޅުކޮށް އެ ކުލަބުން އަންނަނީ ލައިޕްޒިގާއެކު މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްވަރާތަކުން މިހާތަނަށް ސޮސިއެޑާޑަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ސިލްވާގެ ސޮއި ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ސޮސިއެޑާޑަށް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެ ކުލަބުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށްގެންދާނެ އެވެ.

ލައިޕްޒިގަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް 95 މެޗު ކުޅެދީ 26 ލަނޑު ޖަހައިފަ އެވެ. ލައިޕްޒިގާ އެކު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަރުމަނު ކަޕް ކާމިޔާބުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ ސިލްވާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 53 މެޗު ކުޅެދީ 19 ލަނޑު ޖަހައިދީފަ އެވެ. ޕޯޗުގަލް އިން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރިއިރު ސިލްވާ ޓީމުގައި ހިމެނެ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލް އިން އެކުލަވާލި ސްކޮޑުގައި ހިމެނެ، ސިލްވާ ވަނީ މުބާރާތުގައި ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2018

އަގުއެރޯއަށް ޝިއަރާގެ ރެކޯޑް މުގުރާލެވިދާނެ: ބެނާޑޯ ސިލްވާ

02 އޮކްޓޯބަރު 2018
އަގުއެރޯއަށް ޝިއަރާގެ ރެކޯޑް މުގުރާލެވިދާނެ: ބެނާޑޯ ސިލްވާ
19 މާރިޗު 2018

ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ

19 މާރިޗު 2018
ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ
12 ޖެނުއަރީ 2018

އައިޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ކުރިއެރުންތަކެއް

12 ޖެނުއަރީ 2018
އައިޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ކުރިއެރުންތަކެއް
01 ޑިސެމްބަރު 2017

ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ސިލްވާ އައުކޮށްފި

01 ޑިސެމްބަރު 2017
ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ސިލްވާ އައުކޮށްފި
15 އޮކްޓޯބަރު 2017

އަންދްރޭ ޕިރްލޯ ކުޅުން ހުއްޓާލުމަށް ނިންމައިފި

15 އޮކްޓޯބަރު 2017
އަންދްރޭ ޕިރްލޯ ކުޅުން ހުއްޓާލުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު