Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އަޅުގަނޑުގެ ދެވަނަ ދައުރު ނިމިގެންދާއިރު ލޯނުތައް ދެއްކުމުގެ ބުރަ ދެން އަންނަ ސަރުކާރަކަށް ނަގާކަށް ނުޖެހޭނެ: ރައީސް

މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ނިމުމުން، ރާއްޖެއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 ޖުލައި 2023 | ހޯމަ 18:02
ރައީސް ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދެވަނަ ދައުރެއް ނިމިގެންދާއިރު، ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތައް ދެއްކުމުގެ ބުރަ ދެން އަންނަ ސަރުކާރަކުން ނަގަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫގައި ކުރިއަށްދިޔަ އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ވަރަށް ބޮޑު އަމާޒަކާއެކުގައި ކަމަށެވެ. އެގޮތުން, މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމަން ބޭނުންފުޅުވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ބޮޑު ބަދަލަކީ ރާއްޖޭގެ އިގްތިސާދު ދެގުނަ ވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އިގްތިސާދު ދެގުނަ ވާނެއޭ ބުނުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، ނަމަވެސް އެއީ ލިޔެކިޔުމުން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތަސައްވުރަކީ މި އިގްތިސާދީ ބޮޑު ބަދަލު ރާއްޖެއަށް ގެނައުން ކަމަށާއި، އެގޮތުން, ބައިނަލްއަގުވާމީ އެއާޕޯޓުތައް ނިމި ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅައިލެވި, ވަޒީފާތަކަށް މީހުން ފައްކާކޮށް, ތައުލީމީ އާޖީލެއް އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވިގޮތުގައި، 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ އިގްތިސާދު 81 ބިލިއަން ރުފިޔާގައި ހުރިއިރު، އާމްދަނީ ހުރީ 22 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިއަހަރު ނިމޭއިރު އިގްތިސާދު 108 ބިލިއަނަށް އަރާނެކަމަށާއި މިއަހަރުގެ އާމްދަނީ 34 ބިލިއަނަށް އަރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2025 ވަނަ އަހަރު 2.5 މިލިއަނެއްހާ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭއިރު، އިގްތިސާދު 130 ބިލިއަނަށް އަރައި، އާމްދަނީ 44 ބިލިއަނަށް އަރާނެކަމަށް ވިދާޅުވިއެވެ.

މި ހިސާބުތަކަށް ބަލައި، 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 177 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭއިރު، އާމްދަނީ 45 މިލިއަން ކަޑައްތުކޮށް 50 މިލިއަން ރުފިޔާއަށް އަމާޒު ހިފާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް އަންނަ މި ހެޔޮ ބަދަލާއެކު ރަށްރަށުގައި ހިންގާ މުހިންމު މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލުކަން 2026ގެ ފަހުން ރާއްޖޭގެ އިގްތިސާދުގައި ހުންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަނިކުފާނު ދެވަނަ ދައުރެއް ނިންމަވާލެއްވުމަށްފަހު ވަޑައިގަންނަވާއިރު ލޯނުތައް ދެއްކުމުގެ ބުރަ ދެން އަންނަ ސަރުކާރަކުން އުފުލަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އުފާވެރި, އަދި އަމާން ރާއްޖެއަކަށް ވާސިލް ކޮށްދިނުން ކަމަށެވެ. އެކަން ހާސިލްކުރުމަށް ރައްޔިތުން މިއަދު އެމަނިކުފާނާއެކު ތިބިކަން، ކުރައްވާ ދަތުރުފުޅުތަކުން ހާމަވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

03 އެޕްރީލު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު