Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ކޭން ހޯދުމަށް ބަޔާނުން ޓޮޓެންހަމާ މަޝްވަރާކުރަނީ، އަގަކީ 80 މިލިއަން ޔޫރޯ

31 ޖުލައި 2023 | ހޯމަ 08:54

ބަޔާންގެ ރައީސް ހަބާޓް ހައިނާ ވިދާޅުވީ، ޓޮޓެންހަމްގެ ރައީސް ކޮންމެ ގޮތެއް ނިންމި ނަމަވެސް އެކަމަށް ފުރިހަމަ އަށް އިހުތިރާމް ކުރައްވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2023 | ހޯމަ 08:54
ޓޮޓެންހަމްގެ ފަރިތަކުރުމުގައި ހެރީ ކޭން

ޓޮޓެންހަމްގެ ފަރިތަކުރުމުގައި ހެރީ ކޭން

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ހޯދުމުގެ މަޝްވަރާތައް އެ ކުލަބާއެކު ފަށަން، ޖަރުމަނުގެ ބަޔާން މިއުނިކުން ނިންމައިފި އެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބަޔާންގެ އިސް އޮފިޝަލުން ވަނީ ޓޮޓެންހަމްގެ ޑެނިއަލް ލެވީއާ ބައްދަލުކުރެއްވުމަށް ލަންޑަނަށް ގޮސްފަ އެވެ. އެހެންކަމުން މިއީ ކޭން ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ބަޔާނަށް ވަރަށް މުހިންމު ވަގުތުކޮޅަކަށް ވާނެ އެވެ. ޓޮޓެންހަމްގެ ރައީސާއެކު މަޝްވަރާ ކުރުމަށް ބަޔާންގެ އޮފިޝަލުން ދިޔައީ ކޭން ހޯދުމަށް ހުށަހަޅާނެ ޕެކޭޖެއް ވެސް ނިންމައިގެންނެވެ. އެގޮތުން އޭނާ ހޯދުމަށް އެކުލަބުން 80 މިލިއަން ޔޫރޯގެ ޕެކޭޖެއް ހުށަހަޅަން ނިންމާފައިވާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެކަމާ ގުޅިގެން ބަޔާންގެ ރައީސް ހަބާޓް ހައިނާ ވިދާޅުވީ، ޓޮޓެންހަމްގެ ރައީސް ކޮންމެ ގޮތެއް ނިންމި ނަމަވެސް އެކަމަށް ފުރިހަމަ އަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ. ނަމަވެސް ބަޔާންގެ އުންމީދަކީ އެ ޑީލް ކާމިޔާބުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޔާނުން ކޭން ހޯދުމަށް މަސައްކަތް ކުރަނީ މިދިޔަ ސީޒަނުގަައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ރޮބާޓް ލެވަންޑޯސްކީ އެ ކުލަބު ދޫކޮށް ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމާ ގުޅިގެންނެވެ. 2009 ވަނަ އަހަރު ޓޮޓެންހަމުން ސީނިއާ ކެރިއަރު ފެށި ކޭން އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ކޭން އަކީ މިވަގުތު ޓޮޓެންހަމްގައި ވެސް ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އެހެންކަމުން އެ ކުލަބުން އޭނާ ދޫކޮށްލަން ބޭނުންނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 435 މެޗުގައި 280 ލަނޑު ޖަހައިފަ އެވެ.

ކޭން އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި 213 ލަނޑު ޖަހައިފަ އެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 260 ލަނޑާއެކު އެލަން ޝިއަރާ އެވެ. އެހެންކަމުން ކޭން އަކީ މިވަގުތު ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް