އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެ
30 ޖުލައި 2023 | އާދީއްތަ 02:03އޭނާ ނިޔާވި ސަބަބު ކަމާއި ބެހޭ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖުލައި 2023 | އާދީއްތަ 02:03

ހއ. ދިއްދޫ ފާތިމަތު ސޮބިއްޔާ
އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ނިޔާވި އަންހެން މީހާ އަކީ އުމުރުން 43 އަހަރުގެ ހއ. ދިއްދޫ ފާތިމަތު ސޮބިއްޔާ އެވެ.
އޭނާ އުމްރާ އަށް ދިޔައީ އަސްކޮއި ޓްރެވެލް ސާވިސްގެ ހަވާލުގައެވެ.
އޭނާ ނިޔާވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަދި އޭނާގެ މައްޗަށް ކަށު ނަމާދުކުރީ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރަމްގައެވެ.
އޭނާ ނިޔާވި ސަބަބު ކަމާއި ބެހޭ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.










