ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ
28 ޖުލައި 2023 | ހުކުރު 02:05ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ކެރީގެ އަސަރުކުރާނެ

އާއިޝަތު ޝިއުރާ | 28 ޖުލައި 2023 | ހުކުރު 02:05

މާލެ އަށް ވާރޭވެހެނީ
ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ކެރީގެ އަސަރުކުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ. މީގެއިތުރުން ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އެންމެ ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.








