Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ޚާރިޖީ ވަޒީރު މަގާމުން ވަކިކުރުން

ޗައިނާގެ ޚާރިޖީ ވަޒީރު ކުއްލިގޮތަކަށް މަގާމުން ވަކިކޮށްފި

26 ޖުލައި 2023 | ބުދަ 04:13

އުމުރުފުޅުން 57 އަހަރުފުޅުގެ ޗިން ގާންގ އަކީ މުޅި ޗައިނާގެ ތާރީޚުގައި ވެސް ޚާރިޖީ ވަޒީރުގެ މަގާމަށް އަންޔަން ކުރެވުނު އުމުރުފުޅުން އެންމެ ހަގު ބޭފުޅާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 ޖުލައި 2023 | ބުދަ 04:13
މަގާމުން ވަކި ކުރެވުނު ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގ

މަގާމުން ވަކި ކުރެވުނު ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގ

ޗައިނާގެ ޚާރިޖީވަޒީރު ޗިން ގާންގ، މަގާމަށް އައްޔަން ކުރެވުނުތާ ހަތް މަސްދުވަސްފަހުން ކުއްލިގޮތަކަށް ވަކިކޮށްފިއެވެ.

ޗިން ގާންގއަކީ ރައީސް ޝީ ޖިން ޕިންގގެ އަރިސް ބޭފުޅެއް ކަމަށް އައީ ބެލެމުންނެވެ. މިދިޔަ ޑިސެމްބަރުމަހު ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެވުނުއިރު ހުންނެވީ ޗައިނާއިން ވޮޝިންގޓަނަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމުގައެވެ.

މަގާމުން ވަކި ކުރެވުމުގެ ކުރިން ޗިން ގާންގ އާންމު ތަންތަނުން ފެނުން ހުއްޓިފައިވެއެވެ. މިގޮތުން އެންމެ ފަހުން އޭނާ މީޑިޔާތަކަށް ފެނިފައިވަނީ ޖޫން 25 ވަނަ ދުވަހު އެވެ.

މީގެ މަހެއްހާދުވަސް ކުރިން ޗިން ގާންގ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުކުރައްވާފައެވެ. އަދި އެންމެމަތީ ލެވެލްގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިއާދަކުރުމާއި ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ޗިން ގާންގ މަގާމުން ވަކިކުރެވުނު ސަބަބު ސަރުކާރުން ހާމަކޮށްފައިނުވިނަމަވެސް އަނެއްކާ ވެސް އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ވަންގ ޔީ ކަން ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީން ވަނީ އިއުލާނުކޮށްފައެވެ. ވަންގ ވަނީ 2013 ވަނަ އަހަރުން ފެށިގެން ޑިސެމްބަރު 2022 ވަނަ އަހަރާހަމަޔަށް ޗައިނާގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ. އަންގާރަ ދުވަހު ރަސްމީކޮށް އަލުން މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ވަގުތީ ގޮތުން އޭނާ ވަނީ ޗިން ގާންގގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންފަ އެވެ. އަދި މިވަގުތު ވެސް ހުންނެވީ ދެކުނު އެފްރިކާގައި ކުރިޔަށްދާ ބްރިކްސް ގްރޫޕްގެ ސަމިޓު ބައްދަލުވުމަށް ވަޑައިގެން އެ ގައުމުގައެވެ.

ޗައިނާގެ އާންމުންގެ މެދުގައި ވެސް މަގްބޫލުކަން ހޯއްދަވަމުން ވަޑައިގެންނެވި ޗިން ގާންގ އާދައިގެން ޑިއުޓީތަކުން ނުފެނި، އަދި މިދިޔަމަހު އިންޑޮނީޝިޔާގައި އޮތް ސަމިޓްގައި ވެސް ބައިވެރިވެވަޑައިނުގެންނެވި ހަމައިން ސުވާލުތައްވަނީ އުފެދެން ފަށާފައެވެ. އޭރު ރަސްމީ ފަރާތްތަކުން ދީފައިވާ ޖަވާބަކީ ޗިން ގާންގ އިންޑޮނީޝިޔާއަށް ވަޑައިނުގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމުގައެވެ.

އުމުރުފުޅުން 57 އަހަރުފުޅުގެ ޗިން ގާންގ އަކީ މުޅި ޗައިނާގެ ތާރީޚުގައި ވެސް ޚާރިޖީ ވަޒީރުގެ މަގާމަށް އަންޔަން ކުރެވުނު އުމުރުފުޅުން އެންމެ ހަގު ބޭފުޅާއެވެ. ޗައިނާގެ ހައިރާކީގެ ހަރުފަތުން އޭނާ ކުރިޔަށް ވަޑައިގެންނެވީ ވަރަށް ބާރަށެވެ. އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ދެ އަހަރު ހުންނެވުމުގެ ކުރިން ޗިން ގާންގ ހުންނެވީ ޚާރިޖީ ވުޒާރާގެ ތަރުޖަމާންގެ މަގާމުގައެވެ. އަދި ރައީސް ޝީ ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ކަންކަން ބެލެހެއްޓުމުގައި އިސްދައުރެއް އަދާކުރައްވާފައި ވެއެވެ. މިމަގާމުގައި ޝީ އާ ވަރަށް ގާތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވިއެވެ.

ޗިން ގާންގ އަކީ މީޑިޔާތަކަށް ގެއްލި މިހާ ގިނަ ދުވަސްވި ކޮމިޔުނިސްޓް ޕާޓީގެ އިސް އޮފިޝަލެވެ. އޭނަ ކުއްލިއަކަށް ވަކި ކުރެވުނު ސަބަބު ސަރުކާރުން ބުނެފައި ނުވި ނަމަވެސް ވަކިކުރެވުނީ ކައިވެނިފުޅުން ބޭރުން ލޯބީގެ ގުޅުމެއް ހިންގަވާތީ އެކަމަށް އަދަބެއްގެ ގޮތުން ކަމަށް ވެސް ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް