Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝާތުގެ ދައުރު ހަމަވުން

އީސީގެ މެމްބަރު، ނަޝާތުގެ ދައުރު ހަމަވެއްޖެ

25 ޖުލައި 2023 | އަންގާރަ 10:14

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މަގާމެއް ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަންކުރުމަށް ގާނޫނުން ލާޒިމްކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޖުލައި 2023 | އަންގާރަ 10:14
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ހަމަވެފައިވާ އަލީ ނަޝާތު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ހަމަވެފައިވާ އަލީ ނަޝާތު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަލީ ނަޝާތުގެ ދައުރު ހަމަވެއްޖެއެވެ.

ނަޝާތުގެ ފަސް އަހަރުގެ ދައުރު އަންގާރަ ދުވަހު ހަމަވެފައިވާއިރު, އޭނާ އަލުން އީސީއަށް އައްޔަނުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ނަމަވެސް އެކަމާމެދު އަދި ވަކި ގޮތެއް މަޖިލީހުން ނިންމާފައެއްނުވެއެވެ.

Advertisement - newsAdvertisement

ދެވަނަ ދައުރުގެ ތެރޭގައި އެކަން މަޖިލީހަށް ހުށަހެޅުނުނަމަވެސް މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެކަމާމެދު ވަކި ގޮތެއް ނުނިންމައެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މަގާމެއް ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަންކުރުމަށް ގާނޫނުން ލާޒިމްކުރެއެވެ.

ނަޝާތުގެ ދައުރު ހަމަވުމާއެކު, މިހާރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައިި ތިއްބަވާނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބާއި، މުހައްމަދު އާސިފާއި އަދި ޑރ. މުހައްމަދު ޒާހިރެވެ.

އަނެއްކޮޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކަންތައްތައް ކުރައްވާގޮތުން، ރައީސާމެދު 3 މެންބަރެއްގެ އިތުބާރު ނެތްކަމަށް، ޖުލައި 18 ވަނަ ދުވަހު ބޭއްވި، ކޮމިޝަންގެ އާންމު ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވެއެވެ. ކޮމިޝަނުން އެގޮތަށް ނިންމިނަމަވެސް، ގާނޫނު ބުނާގޮތުން ފުއާދު އެމަގާމުން ވަތްކެއް ނުވާނެއެވެ. އެއީ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ދަށުން މެމްބަރުންނަށް ލިބިދީފައި ނުވާތީއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، އީސީގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އަދި ފުއާދާމެދު އިތުބާރު ނެތްކަމަށް ކޮމިޝަންގެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ފުއާދާ ދެކޮޅަށް ނަޝާތާއި ޑރ. ޒާހިރު އަދި އާސިފް ތެދުވެވަޑައިގަތީ، ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓަރީކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ކަންކަމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އެ ތިން ބޭފުޅުންގެ އަގު ވެއްޓޭ ގޮތަށް ފާޅުގައި ފުއާދު ވާހަކަދައްކަވާފައި ވާތީކަމަށް ވިދާޅުވެއެވެ. އޭގެ ފަހުން ފުއާދު ބައިވެރިވެވަޑައިގަންނަވާ އެއްވެސް ޖަލްސާއެއްގައި އެ ތިން މެންބަރުން ބައިވެރިވެވަޑައެއްނުގަންނަވައެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރުމާއެކު، އޭނާ ވަނީ ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވުން ނައިބު ރައީސް ހަބީބަށް ހަވާލު ކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް