Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަން

އިމިގްރޭޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

25 ޖުލައި 2023 | އަންގާރަ 02:23

މި ފަހުމުނާމާއަކީ ދެ ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ޖުލައި 2023 | އަންގާރަ 02:23
ރާއްޖެއާއި އިންޑިއާގެ އިމިގްރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއާއި އިންޑިއާގެ އިމިގްރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިމިގްރޭޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާ ގުޅޭގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އޮން އިމިގްރޭޝަން މެޓަރސް" ގެ ނަމުގައި ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ)އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓު ސެކްރަޓަރީ، ސުމާންތު ސިންގެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅުން ހުރި މަޢުލޫމާތު ބަދަލު ކުރުމަށާއި، ބޯޑަރ ކޮންޓްރޯލް މެނޭޖުމަންޓު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން އިމިގްރޭޝަން ޚިދުމަތްތައްތަކާ ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އިންސާނީ ވަގުފާރިއާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ފަހުމުނާމާއަކީ ދެ ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިމިގްރޭޝަން އޮފިޝަލުންގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް މަގުފަހި ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ތަރިކަ ކޮމެޓީން ވަރަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުން: ޑިފެންސް މިނިސްޓަރު

19 ނޮވެމްބަރު 2017
ތަރިކަ ކޮމެޓީން ވަރަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުން: ޑިފެންސް މިނިސްޓަރު
05 ނޮވެމްބަރު 2017

ރާއްޖެއާއި ގުޅޭ ގޮތުން އެމެރިކާ އަދި އިންޑިއާއިން މަޝްވަރާކޮށްފި

05 ނޮވެމްބަރު 2017
ރާއްޖެއާއި ގުޅޭ ގޮތުން އެމެރިކާ އަދި އިންޑިއާއިން މަޝްވަރާކޮށްފި
28 ސެޕްޓެމްބަރު 2017

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

28 ސެޕްޓެމްބަރު 2017
ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި
13 ސެޕްޓެމްބަރު 2017

ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!

13 ސެޕްޓެމްބަރު 2017
ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!
08 ޖުލައި 2017

އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!

08 ޖުލައި 2017
އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް