Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޤައުމީ ކޯޗު މޮރިއޭރޯގެ އެއްބަސްވުން އައުނުކުރުމަށް އެފްއޭއެމް އިން ނިންމައިފި

23 ޖުލައި 2023 | އާދީއްތަ 08:20

ޤައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓެންޓް ކޯޗު އަލީ ސުޒެއިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2023 | އާދީއްތަ 08:20
ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މޮރިއޭރޯ

ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މޮރިއޭރޯ

ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން އައުނުކުރަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ވިދާޅުވީ މޮރިއޭރޯ އާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އޯގަސްޓު މަހު ހަމަވާނެ ކަމަށެވެ. އެހެންކަމުން މިހާރު ނިންމާފައި ވަނީ އެއްބަސްވުން އައު ނުކުރަން ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ޤައުމީ ޓީމަށް ބިދޭސީ އެހެން ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ނުކުރާނެ ކަމަށާއި، އެ މަސައްކަތް ދެން ކުރާނީ އަންނަ 2024 ވަނަ އަހަރުގެ ކުރީ ކޮޅު ކަމަށް ވިދާޅުވި އެވެ. އެ މުއްދަތުގައި ޤައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓެންޓް ކޯޗު އަލީ ސުޒެއިން އެވެ.

ޤައުމީ ޓީމުގެ ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެއީ އެ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓުމާއެކު އެވެ. މޮރިއޭރޯ އާއެކު ޤައުމީ ޓީމުން އެންމެ ފުރަތަމަ ކުރިމަތިލީ އެ އަހަރު ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕާ އެވެ. ނަމަވެސް އެ މުބާރާތުގައި ރާއްޖެ އަށް އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އެފްއޭއެމާއެކު މޮރިއޭރޯ ހެދި އެއްބަސްވުމުގެ މުއްދަތު އެންމެ ފުރަތަމަ ހަމަވާން އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ނަމަވެސް އެފްއޭއެމުން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ.

މޮރިއޭރޯގެ އެއްބަސްވުން އައު ނުކުރަން އެފްއޭއެމުން ނިންމީ، ދާދި ފަހުން އިންޑިއާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ގިނަ ފާޑު ކިޔުންތަކެއް އަމާޒުވަމުން އައި ވަގުތެއްގަ އެވެ. އެ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މޮރިއޭރޯ ދޭންވާ މުސާރަ ނުދެވި އޮތް ކަމަށެވެ. ނަމަވެސް ކުރިއަށް ދާނީ އެ މުސާރަތައް ދީ ނިންމާފައި ކަމަށް ވެސް އެ ދުވަހު ބައްސާމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް