Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާމް ރާއްޖެވަޑައިގަތުން

ސިންގަޕޫރުގައެއް ނުހިފަހައްޓާ، ނުފުރޭ ގޮތެއްވެސް ނުހަދާ، އެޚަބަރު ފެތުރީ ޑިމޮކްރަޓްސްއިން: ސިޔާމް

އެ ޚަބަރު ފެނިވަޑައިގަތީ މީޑިޔާއިން ކަމަށް ސިޔާމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖުލައި 2023 | ހޮނިހިރު 02:27
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ސިންގަޕޫރުގެ ހައިކޯޓުގައި ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަރނޭޝަނަލްއިން އުފުލާފައިވާ ދައުވާގެ އަޑުއެހުންތަކަށް ހާޒިރުވެވަޑައިގަތުމަށް ސަން ކުންފުނީގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެ ގައުމަށް ވަޑައިގަތުމުން ހިފަހައްޓާފައިވާކަމަށް ބުނެ، ފަތުރާފައިވަނީ ދޮގު ޚަބަރެއްކަމަށް ސިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަނީ، ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައި ސިންގަޕޫރުން ފުރާވަޑައިގަތުން މަނާކޮށްފައިވާކަމަށް ރިޕޯޓްކޮށްފައެވެ. ސިންގަޕޫރުން ރާއްޖެވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސިޔާމް ވިދާޅުވީ، އެއީ ދޮގުވާހަކަތަކެއް ކަމަށެވެ. ސިޔާމް ވިދާޅުވީ ސިންގަޕޫރުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައި، ނޫނީ ސިންގަޕޫރުގައި ބަންދުކޮށް، ނޫނީ ނުފުރޭ ގޮތް ހަދާފައި ނުވާކަމަށެވެ. އެ ޚަބަރު ފެނިވަޑައިގަތީ މީޑިޔާއިން ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިޔާމް ވަނީ މި ޚަބަރު ގެނައުމުން އެކަމާ ގުޅިގެން ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސިޔާމް ވިދާޅުވީ އެވާހަކަތައް ފެތުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރަޓްސްއިން ކަމަށެވެ.

ސިންގަޕޫރުގައި ހުންނެވިއިރު، ހިލްޓަން މައްސަލާގައި ބޭއްވި ޝަރީއަތްތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ސިޔާމް ވިދާޅުވީ އެއަށް ޖަވާބު ދެއްވާނީ އޭނާގެ ވަކީލުން ކަމަށެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2019

އީއައިއޭ ނުހަދާ މަސައްކަތް ފެށުމާ ގުޅިގެން ފެނަކަ ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

27 ސެޕްޓެމްބަރު 2019
އީއައިއޭ ނުހަދާ މަސައްކަތް ފެށުމާ ގުޅިގެން ފެނަކަ ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
21 މާރިޗު 2019

ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު

21 މާރިޗު 2019
ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
03 އޮކްޓޯބަރު 2018

ރައީސް ޔާމީން އާއެކު އެއްވެސް ޑީލެއް ނުހަދާނަން: އިބޫ

03 އޮކްޓޯބަރު 2018
ރައީސް ޔާމީން އާއެކު އެއްވެސް ޑީލެއް ނުހަދާނަން: އިބޫ
29 ޖޫން 2018

އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ގްރީން ޒޯނުން ނުފުރޭނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފި

29 ޖޫން 2018
އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ގްރީން ޒޯނުން ނުފުރޭނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފި
07 މާރިޗު 2018

ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގެރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ގޮވާލައިފި

07 މާރިޗު 2018
ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގެރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު