Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑުގެ ކެޕްޓަނަކަށް ބްރޫނޯ ފެނާންޑޭސް

އޭނާ ވަނީ ޔުނައިޓެޑަށް 64 ލަނޑު ޖަހައިދީފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 21 ޖުލައި 2023 | ހުކުރު 12:13
ބްރޫނޯ ފެނާންޑޭސް

ބްރޫނޯ ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑުގެ އައު ކެޕްޓަނަކަށް ބްރޫނޯ ފެނާންޑޭސް ހަމަޖައްސައިފިއެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑުން ވަނީ ހެރީ މެގުއާ ކެޕްޓަން ކަމުން ވަކިކޮށްފައެވެ. ޓެން ހާގްގެ ފުރަތަމަ ސީޒަނުގައި މެގުއާ ވެގެންދިޔައީ ފަސް ވަނަ ޗޮއިސް ސެންޓަ ބެކަށެވެ. ލިސާންޑްރޯ މާޓިނޭޒް، ރަފައެލް ވަރާން، ވިކްޓަރ ލިންޑެލޯފް އަދި ލޫކް ޝޯ އަށް ވަނީ އެ މަގާމަށް މެގުއާ އަށްވުރެ އިސްކަން ދީފައެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ސްޕޯޓިން ކްލަބުން ޔުނައިޓެޑާ ގުޅުނު އިރު، އޭނާ ވަނީ އޮލެ ގަނަ ސޯލްޝެއާގެ ޓީމުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް އަވަހަށް ފެނިގެން ގޮސްފައެވެ. 2019-20 ވަނަ އަހަރުގެ ސީޒަނުގައި ގަދަ ހަތަރަކުން ޖާގަ ހޯދާ، 2020-21 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ޔުނައިޓެޑު ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ބްރޫނޯ އެވެ.

ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕޯޗުގަލްގެ މިޑްފީލްޑަރު މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅާފައިވާއިރު، މިހާރު ދާއިމީ ގޮތެއްގައި ކެޕްޓަންކަން ހަވާލުކޮށްފައިވާ ކަމަށެވެ. ޔުނައިޓެޑާ ގުޅުމަށްފަހު އޭނާ ވަނީ 185 މެޗު ކުޅެދީ، 64 ލަނޑު ޖަހާ، 54 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން އޭނާ ވަނީ ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެފަހަރު ހޯދާފައެވެ.

ޔުނައިޓެޑުގެ ކެޕްޓަންކަމާ ރަސްމީކޮށް ހަވާލުވުމަށްފަހު، ފުރަތަމަ މެޗުގައި ބްރޫނޯ އާއި ޔުނައިޓެޑު ނިކުންނާނީ އާސެނަލް އާ ދެކޮޅަށެވެ. ޕްރީ ސީޒަންގެ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2018

ޔުނައިޓެޑުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ސޮލްޝާ ހަމަޖައްސައިފި

19 ޑިސެމްބަރު 2018
ޔުނައިޓެޑުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ސޮލްޝާ ހަމަޖައްސައިފި
18 ޑިސެމްބަރު 2018

ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

18 ޑިސެމްބަރު 2018
ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
01 ޖުލައި 2018

އިނގިރޭސި ކެޕްޓަނަކަށްވުން ކޭންއަށްވީ ފަސޭހަ ކަމަކަށް

01 ޖުލައި 2018
އިނގިރޭސި ކެޕްޓަނަކަށްވުން ކޭންއަށްވީ ފަސޭހަ ކަމަކަށް
30 ޖެނުއަރީ 2018

ނިއުގެ ކެޕްޓަނަކަށް ދަގަނޑޭ

30 ޖެނުއަރީ 2018
ނިއުގެ ކެޕްޓަނަކަށް ދަގަނޑޭ
14 އޮކްޓޯބަރު 2017

ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ

14 އޮކްޓޯބަރު 2017
ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ
24 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމަކަށް މަޑުކުރަން ނޭމާ ގާތު ރޮނާލްޑޯ އެދިއްޖެ

24 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމަކަށް މަޑުކުރަން ނޭމާ ގާތު ރޮނާލްޑޯ އެދިއްޖެ
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު