Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަން ސިޔާމް

ސަން ސިޔާމް އިތުރު ހަތަރު ރިސޯޓެއް ހަދަނީ: ރާއްޖޭގައި ތިނެއް، ލަންކާގައި އެކެއް!

15 ޖުލައި 2017 | ހޮނިހިރު 03:32

ސްރީ ލަންކާގައި މިހާރު ވެސް ސިޔާމްގެ ރިސޯޓެއް އޮޕަރޭޓް ކުރޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 15 ޖުލައި 2017 | ހޮނިހިރު 03:32
ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ސަން ސިޔާމް ގްރޫޕްގެ އިތުރު ހަތަރު ރިސޯޓެއް ހަދަމުންދާ ކަމަށް އެ ކުންފުނީގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާ ހަފްލާއަށް ފަހު އޭނާގެ "ސަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ ހަތަރު ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ހަތަރު ރިސޯޓްގެ ތެރެއިން އަންނަ އަހަރު ހުޅުވާއިރު، ބާކީ ރިސޯޓްތައް ހުޅުވޭނީ 2019 ވަނަ އަހަރު ކަމަށް ސިޔާމް ވިދާޅުވެފައިވެ އެވެ.

Advertisement - newsAdvertisement

ސިޔާމް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ތަރައްގީ ކުރަމުންދަނީ ތިން ރިސޯޓެކެވެ. އަނެއް ރިސޯޓް ތަރައްގީ ކުރަމުންދަނީ، މިހާރު ވެސް ސަން ސިޔާމް ޕަސިކުޑާ ރިސޯޓް ހިންގަމުންދާ ސްރީ ލަންކާގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ސިޔާމް ވިދާޅުވެފައިވާ ގޮތުގައި އެ ރިސޯޓްތަކުގެ ތެރެއިން ދ. އަތޮޅު ފާންދޫގައި ތަރައްގީކުރަމުންދާ، ސަން އަކުއާ ފާންދޫ މިއަހަރުގެ ޑިސެމްބަރުގައި ހުޅުވޭނެ އެވެ. އަދި ދ، އަތޮޅު އަލުވިފުށީގައި ތަރައްގީ ކުރަމުންދާ ސަން ސިޔާމް އަލުވިފުށި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ނ. އަތޮޅު ދިގުރަށުގައި ތަރައްގީ ކުރަމުންދާ ސަން ސިޔާމް ދިގުރަށް ރިސޯޓް ހުޅުވޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ދިގުރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށާއި، ސިޔާމްގެ ކުންފުންޏަށް މިހާރު ދީފައިވާ މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް 200 މިލިއަން ޑޮލަރު(ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން އުޅޭކަމާއި އެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދޭން ހަމަޖެހިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް، އެ ގެރެންޓީ ސަރުކާރުން ދިން ކަމެއް ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފަ އެވެ.

ސަން ހޮޓަލް އެންޑް ރިސޯޓްސްއިން ދިގުރަށުގައި ތަރައްގީކުރާ ރިސޯޓް ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރާ އެންމެ ބޮޑު ރިސޯޓަށެވެ. އެގޮތުން ތަފާތު 14 ފަންތިއެއްގެ 600 ކޮޓަރި އާއި އާއިލާތަކަށް ހާއްސަ ވިލާތަކުގެ އިތުރުން، ކަނޑުއަޑީގެ ރެސްޓޯރަންޓަކާ އެކު 15 ރެސްޓޯރަންޓު އެ ރަށުގައި ހަދަން ނިންމާފައިވާ ކަމަށް 2015 ވަނަ އަހަރުގެ މެއި 27 ވަނަ ދުވަހު ސިޔާމް ވިދާޅުވެފައިވެ އެވެ.

ދިގުރަށަކީ، ސަން ސިޔާމްގެ އިރުފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅުރަށެކެވެ. އެރަށާއެކު، އެ އަތޮޅު މިނާވަރު ވެސް ސަން ސިޔާމް ނަގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މިނާވަރަކީ ދަނޑުވެރިކަން ކުރަން ނަގާފައިވާ ރަށަކަށް ވާއިރު، ސަން ހޮޓަލްސް އެންޑް ރިސޯޓްއިން ވަނީ އެ އަތޮޅު މާވައްދޫ ވެސް ނަގާފަ އެވެ. އެ ކުންފުނިން މާވައްދޫ ބޭނުން ކުރަމުންދަނީ ރިސޯޓުގެ ކުނިއަޅާ ރަށެއްގެ ގޮތުގަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް