Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުއްގިރި ހިޔާނަތް

ފުއްގިރި ހިޔާނާތް: އެމްއެމްޕީއާރްސީގައި އޮތް މީޓިންއަކާ ގުޅޭގޮތުން އަދީބުގެ ބޮޑީގާޑުގެ ހެކިބަސް ނަގައިފި

މި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ އަހުމަދު އާމިރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 05:34
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ހެކިބަސް ނެގުން މިހާރު ކުރިއަށްދޭ

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ހެކިބަސް ނެގުން މިހާރު ކުރިއަށްދޭ

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

Advertisement - newsAdvertisement

މެލޭޝިއާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް މި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ އަހުމަދު އާމިރެވެ.

އޭނާއަކީ އެމްއެންޑީއެފްގައި އެސްޕީޖީގައި އޭރު ނައިބްރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓުުމުގައި ޙަރަކާތްތެރިވި އޮފިސަރެވެ.

ހެކިބަސް ދެމުން އޭނާ ބުނީ، އަހުމަދު އަދީބާއެކު އެމްއެމްޕީއާރްސީ އޮފީހަށް އޭރު ގޮސް އުޅުނު ކަމަށެވެ.   

އޭނާ ވަނީ ކްރިކް ރިޒާއާއި، އަލީ މައުރޫފާއި އިތުރު ބޭފުޅުން އެމްއެމްޕީއާރްސީގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވި މަންޒަރު ފެނިފައިވާކަމަށް ބުނެފައެވެ.

އެ ދުވަހު ލޮބީގައި މަޑުކޮށްގެން ހުއްޓައި އޭނާގެ ދަބަސް ގެނެސްދިނުމަށް އަދީބު އެދުނު ކަމަށާއި، މީޓިންގ ރޫމަށް ވަންއިރު ކްރިކް ރިޒާއާއި މައުރޫފުއާއި، ޝިފާއު ކިޔާ މީހަކާއި، ސާލިމް ކިޔާ މީހެއް (މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ ކޮއްކޮއެއް) އަދި އަބްދުﷲ ޒިޔަތު އެ ބައްދަލުވުމުގައި ތިބިކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދައުލަތުން ވަނީމިވަގުތަށްއަނބުރާ ގެންގޮސްފައެވެ. އެއީ ކްރިކް ރިޒާ 31 ދުވަހުގެ މެޑިކަލްއެއް ހުށައަޅާފައި ވުމުގެ ސަބަބުން މި މައްސަލަ ލަސްވާތީއާއި، ކްރިކްގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެއްކާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

ވުމާއެކު، މިހާރު ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ސަން އިންވެސްޓްމަންޓް އަދި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުންތަކެވެ.

މި މައްސަލައާ ގުޅިގެން އަހުމަދު ސިޔާމްއާއި އަލީ މައުރޫފުގެ ހެކިބަސް އިތުރަށް ނަގަން ބޭނުން ނުވާކަމަށް ދައުލަތުން ބުނެއެވެ.

ގާޒީ ވިދާޅުވީ، ދައުލަތުގެ ހެއްކެއްކަމަށްވާ މުޙައްމަދު ޝިފާއުއާ ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށާއި، އޭނާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އެމްބަސީ މެދުވެރިކޮށް އޭނާގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރާނެކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ހެއްކެއްކަމަށްވާ އަހުމަދު ޝާކިރުއާއި، މުހައްމަދު ހުސައިންފުޅު ވަނީ ހެކިބަސް ދޭން ބޭނުންނުވާކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. ދައުލަތުންވެސް ވަނީ އެމީހުންގެ ހެކިބަސް ނަގަން އިތުރަށް ބޭނުން ނުވާކަމަށް ބުނެފައެވެ.

ވުމާއެކު، ދެން ތިބޭނީ ދައުލަތުގެ ދެ ހެއްކެކެވެ.

ފުއްގިރިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު