Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރބަންކޯ

100 ބައިވެރިންނާއެކު އަރބަންކޯގެ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

18 ޖުލައި 2023 | އަންގާރަ 02:07

މިއަހަރުގެ ޕްރޮގްރާމްގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ޖުލައި 2023 | އަންގާރަ 02:07
އަރބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަރބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ހަވަނަ ޕްރޮގްރާމް ފަށައިފިއެވެ.

މިއަހަރުގެ ޕްރޮގްރާމް ފަށާފައިވަނީ ހުޅުމާލެ ޝްވެކް ސިނަމާގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމް އާއި އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

އަރބަންކޯގެ އެޕްރެންޓެންސްޝިޕް ޕްރޮގްރާމަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުމަށާއި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނޭޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި، ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމަކީ އަރބަންކޯއިން މިހާތަނަށް ހިންގާ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ފަރާތަކަށް ބައިވެރިވުމަށް ފުރުސަތު ދީފައިވާ ކަމަށް އަރބަންކޯއިން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް"އާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނޭޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

އަރބަންކޯއިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޕްރޮގްރާމްގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރާނެއެވެ. އެއީ ހެވީވެހިކަލް، ވެލްޑިންގ، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަރބަންކޯއިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ބޭންކުގެ ފަންޑު "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުއެވެ.

3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އަރބަންކޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި ޤައުމު ތަރައްގީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އަރބަންކޯއިން ކުރާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު އާތިފް ދެއްވައެވެ. އަދި ގިނަ ދާއިރަތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަރބަންކޯ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2024

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ
11 ޖެނުއަރީ 2024

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

11 ޖެނުއަރީ 2024
ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
03 ޖެނުއަރީ 2024

ބިން ހިއްކާތީ ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި ކާގޯ އުޅަނދުތައް ނެގުމަށް އަންގައިފި

03 ޖެނުއަރީ 2024
ބިން ހިއްކާތީ ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި ކާގޯ އުޅަނދުތައް ނެގުމަށް އަންގައިފި
30 ޑިސެމްބަރު 2023

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

30 ޑިސެމްބަރު 2023
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
27 ޑިސެމްބަރު 2023

އާބަންކޯގެ ސީއޯއޯއަކަށް ދިޔަރެސްގެ ކޯފައުންޑަރ އަހުމަދު އިބްރާހިމް އައްޔަނުކޮށްފި

27 ޑިސެމްބަރު 2023
އާބަންކޯގެ ސީއޯއޯއަކަށް ދިޔަރެސްގެ ކޯފައުންޑަރ އަހުމަދު އިބްރާހިމް އައްޔަނުކޮށްފި
26 ޑިސެމްބަރު 2023

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފި

26 ޑިސެމްބަރު 2023
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފި
26 ޑިސެމްބަރު 2023

ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ފަށައިފި

26 ޑިސެމްބަރު 2023
ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ފަށައިފި
26 ޑިސެމްބަރު 2023

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބަންދުކޮށްފައިވާ ސަރަހައްދަށް، ޒަރޫރީ ބޭނުމަކު ނޫނީ ނުވަދެވޭނެ: އާބަންކޯ

26 ޑިސެމްބަރު 2023
ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބަންދުކޮށްފައިވާ ސަރަހައްދަށް، ޒަރޫރީ ބޭނުމަކު ނޫނީ ނުވަދެވޭނެ: އާބަންކޯ
23 ޑިސެމްބަރު 2023

ވިނަރެސް ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް އޮފަރ ލެޓަރ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި

23 ޑިސެމްބަރު 2023
ވިނަރެސް ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް އޮފަރ ލެޓަރ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް