Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

އައު ސީޒަނާ ދިމާކޮށް ޔުނައިޓެޑުގެ ކެޕްޓަން ކަމުން މެގުއާ ވަކިކޮށްފި

ޔުނައިޓެޑުގެ ކެޕްޓަންކަން މެގުއާ އާ ހަވާލުކުރީ 2020 ވަނަ އަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 16:53
ހެރީ މެގުއާ

ހެރީ މެގުއާ

ކުރިޔަށް އޮތް ސީޒަނާ ދިމާކޮށް މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ކަމުން ހެރީ މެގުއާ ވަކިކޮށްފިއެވެ.

ޓެން ހާގްގެ ޕްލޭންގައި އުމުރުން 30 އަހަރުގެ މެގުއާ ނުހިމެނޭކަމަށް ގިނަބަޔަކު ބުނާއިރު، މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި އޭނާ ކުޅެފައިވަނީ އެންމެ 16 މެޗެވެ. ދަނޑުމަތީގައި ގިނަ ގޯސްތަކެއް ހެދިފައިވުމުން، އޭނާ އަކީ ޕްރިމިއަރ ލީގުގައި އެންމެ ފާޑުކިޔުން އަމާޒުވާ އެއް ކުޅުންތެރިޔާއެވެ.

އާދިއްތަ ދުވަހު މެގުއާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރިޔަށް އޮތް ސީޒަނަށް އައު ކެޕްޓަނެއް ހަމަޖައްސަން ޓެން ހާގް ބޭނުންވާތީ، އޭނާ އަތުން ކެޕްޓަންކަން އަތުލާފައިވާ ކަމަށެވެ. މިގޮތަށް ކަންތައް ކުރި ސަބަބު ޓެން ހާގް ކިޔައިދިން ކަމަށް މެގުއާ ބުންޏެވެ. އަދި އޭނާ މާޔޫސްވެފައި ވީނަމަވެސް، ޔުނައިޓެޑުގެ ޖާޒީގައި ކުޅޭ ކޮންމެ ފަހަރަކު، އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރު ލެސްޓާ އިން 80 މިލިއަން ޕައުންޑަށް (104 މިލިއަން ޑޮލަރު) ބަދަލުވި ފަހުން މެގުއާ އަކީ ޔުނައިޓެޑުގެ ފުރަތަމަ 11 ގައި އާންމުކޮށް ހިމެނޭ ކުޅުންތެރިއެކެވެ. އަދި 2020 ވަނަ އަހަރު، އޭރުގެ ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވަނީ ޓީމުގެ ކެޕްޓަންކަން މެގުއާ އާ ހަވާލުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބަދަލުކުރުމަށް ނިންމާފައިވީނަމަވެސް، އައު ކެޕްޓަނަކީ ކޮން ކުޅުންތެރިއެއް ކަމެއް ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. ޔުނައިޓެޑުގައި އެންމެ ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ޑެހެއާ ވަނީ ޓީމު ދޫކޮށްލާފައެވެ. ޔުނައިޓެޑުގެ އައު ކެޕްޓަނަކަށްވުން އެންމެ ގާތީ ވައިސް ކެޕްޓަން، ބްރޫނޯ ފެނާންޑޭޒްއެވެ. މިދިޔަ ސީޒަނުގެ ގިނަ މެޗުތަކު ކެޕްޓަންކަން ކޮށްފައިވަނީ ބްރޫނޯ އެވެ. އަދި އޭނާ އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. މީގެއިތުރުން، ކެޕްޓަންކަން ނުވަތަ ވައިސް ކެޕްޓަންކަން ކުރަން އެންމެ ރަނގަޅު ދެ ކުޅުންތެރިންނަކީ ރަފައެލް ވަރާން އާއި ތަޖުރިބާކާރު މިޑްފީލްޑަރު، ކަސެމީރޯ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކަސެމީރޯގެ ފުރަތަމަ ސީޒަނުގައިވެސް ގިނަ ބަޔަކަށްވަނީ ދަނޑުމަތިން އޭނާގެ ލީޑަރޝިޕް ފެނިފައެވެ.

މެއި މަހު ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ މެގުއާ ވިއްކާލުމުގެ ވިސްނުމެއްވެސް ގެންގުޅެފައެވެ. ރިޕޯޓުތައް ބުނާގޮތުން ވެސްޓް ހަމް އިން އޭނާ ހޯދުމުގެ މަސައްކަތް ކުރެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްހެރީ މެގުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު