Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ށ. ނޫމަރާ ބަނދަރު

ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރު މަހު ފަށަނީ

ނޫމަރާ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 ޖުލައި 2023 | އާދީއްތަ 03:32
ށ. ނޫމަރާ

ށ. ނޫމަރާ

ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ނޫމަރާގައި މިހާރު އޮތް ބަނދަރު ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. ކޮންމެ މަސައްކަތަކީ ވެސް އީއައިއޭ ހަދައިގެން ކުރެވޭ މަސައްކަތަކަށްވާއިރު މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އީއައިއޭ ހަދައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެންމެ މަދުވެގެން ދެ މަސް ނޫނީ ތިން މަސް އީއައިއޭ ހެދުމަށް ހޭދަވާ ކަމަށެވެ. ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން 5076 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 34,386 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 2920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 302.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 32 މީޓަރުގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ދެ ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1652 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސިން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 53.33 މިލިއަން ރުފިޔާއަށް 455 ދުވަހުން ނިންމުމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައިވާއިރު ނޫމަރާގެ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައި ޖޫން މަހު ވިދާޅުވެފައެވެ. ހަމަ އެމަހު އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރެވިގެންދިޔައެވެ.

ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައިވަނީ، އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު