Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެއިޑްސްގެ ހާލަތު

ރަނގަޅު އިންވެސްޓްމަންޓެއް ކޮށްފިނަމަ 2030 ވަނަ އަހަރު އަންނަންވާއިރަށް އެއިޑްސް ނައްތާލެވޭނެ: އދ

14 ޖުލައި 2023 | ހުކުރު 02:53

މިދިޔަ އަހަރު އަލަށް 1.3 މިލިއަން މީހުންނަށް އެޗްއައިވީ ޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖުލައި 2023 | ހުކުރު 02:53
ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޕްރޮގްރާމު އޮފީސް

ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޕްރޮގްރާމު އޮފީސް

އެއިޑްސް ނައްތާލުމަށް ގައުމުތަކުން ރަނގަޅު ނިޔަތެއް އޮވެ ބަލިން ދިފާއުވުމަށާއި ފަރުވާއަށް އިންވެސްޓްކޮށް، ތަފާތުކުރުންތައް ނައްތާލުމުގެ ގާނޫނަށް އަމަލުކުރާނަމަ 2030 ވަނަ އަހަރު އަންނަންވާއިރަށް އެކަން ވާނެކަމަށް އދ ން ބުނެފިއެވެ.

ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޕްރޮގްރާމުން އަންދާޒާކުރާ ގޮތުގައި 2022 ވަނަ އަހަރު ދުނިޔޭގައި 39 މިލިއަން މީހުން ދިރިއުޅެމުން ގޮސްފައިވަނީ އެޗްއައިވީ އާއެކުއެވެ. އެޗްއައިވީ އަށް ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ ދެން ބަދަލުވެގެންދާނީ އެއިޑްސް ބައްޔަށެވެ.

ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޕްރޮގްރާމުން ބުރާސްފަތި ދުވަހު ޕަބްލިޝް ކުރި ރިޕޯޓްގައި ބުނެފައިވަނީ އެޗްއައިވީން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އަޅައި، ބައްޔަށް ފަރުވާކުރުމުގެ ޕްރޮގްރާމްތައް ހިންގާ ގައުމުތަކުގެ ލީޑަރޝިޕުތަކުން އަމަލުކުރާ ގޮތް ބަލައިގެން އެގޮތަށް ކަންކުރާނަމަ މިބައްޔަށް ހައްލު އެބައޮތްކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ އެޗްއައިވީން ސަލާމަތްވުމަށް ތަފާތުކުރުން ނައްތާލުމުގެ ގާނޫނުތައް ތަންފީޒުކޮށް، މުޖުތަމައުތައް ބާރުވެރިކުރުވަން ޖެހޭކަމަށެވެ. އެޗްއައިވީ އާއި އެއިޑްސް ޖެހިފައިވާ މީހުންނަށް ގިނަ ގައުމުތަކުގައި ތަފާތު ކުރުންތަކާއި ހަމަނުޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ބަލިން ސަލާމަތްވެ ރައްކާތެރިވުމުގައި އެންމެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވަނީ އެންމެ ބޮޑަށް ފައިސާ އިންވެސްޓްކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން އިރުމަތީ އަދި ދެކުނު އެފްރިކާގެ ގައުމުތަކުގައި އަލަށް އެޗްއައިވީ ޖެހޭ މީހުންގެ އަދަދު 2010 ވަނަ އަހަރުން ފެށިގެން 57 އިންސައްތަ ދަށްކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް އިރުމަތީ އޭޝިޔާ އާއި އޭޝިޔާގެ މެދުތެރެއާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގައި މިބަލި ވަނީ އިތުރުވެފައެވެ.

ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޕްރޮގްރާމުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އަލަށް 1.3 މިލިއަން މީހުންނަށް އެޗްއައިވީ ޖެހިފައިވެއެވެ. އަދި 630،000 މީހުން ވަނީ އެއިޑްސްއާ ގުޅުންހުރި ބަލިތަކިގައި މަރުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް