Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް

ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް މި އަހަރު ރާއްޖޭގައި ބާއްވަނީ

13 ޖުލައި 2023 | ބުރާސްފަތި 02:09

މި ހަފްލާގައި ކޮމަންވެލްތުގެ 29 ގައުމުން އަދި 9 ބައިނަލްއަޤުވާމީ އިދާރާތަކުގެ ޓެކުހާ ބެހޭ މާހިރުން ބައިވެރިވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2023 | ބުރާސްފަތި 02:09
ކާޓާގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް

ކާޓާގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ)ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ވިލާ ނޯޓިކާ-ޕެރެޑައިސް އައިލެންޑްގައި ފަށައިފިއެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު، އިސްމާއީލް ޢަލީ މަނިކެވެ. ހަފްލާގެ ޝަރަފްވެރި މެހެމާންގެ ވާހަކަފުޅުގައި، މި އަހަރުގެ ކާޓާ ކޮންފަރެންސްގެ ތީމް ކަމުގައިވާ "ރޯލް އޮފް ޑޭޓާ އިން ޓެކްސް ކޮމްޕްލަޔަންސް މެނޭޖްމަންޓް އެންޑް ޓެކްސޭޝަން އޮފް ހޮސްޕިޓާލިޓީ އިންޑަސްޓްރީ" ޓެކްސް ކޮމްޕްލައިންސް މެނޭޖްކުރުމުގައި ޑޭޓާގެ ދައުރު އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ދިވެހިރާއްޖޭގައި މި ކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ.

Advertisement - newsAdvertisement

މި ހަފްލާގައި ކޮމަންވެލްތުގެ 29 ގައުމުން އަދި 9 ބައިނަލްއަޤުވާމީ އިދާރާތަކުގެ ޓެކުހާ ބެހޭ މާހިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ކާޓާ، މީރާ އަދި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައިފައެވެ. މި ގޮތުން، ކާޓާގެ އެގްޒެކެޓިވް ޑިރެކްޓަރު، ޑަންކަން އޮންޑުރޫ ދެއްކެވި ވާހަކަފުޅުގައި މި ކޮންފަރެންސް ބޭއްވުމަށް ދިވެހިރާއްޖޭގެ ފަރާތުން މީރާއިން ކޮށްފައިވާ ބުރަ މަސައްކަތް ވަނީ ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން، ކާޓާގެ ޗެއަރޕަރސަން، ދަތުކް ޑރ. މުޙައްމަދު ނިޒޯމް ސައިރީގެ އިތުރުން ކާޓާގެ ރައީސް، މުޙައްމަދު ނާމީ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަދި، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅުގައި، މިއީ މީރާއިން ފުރަތަމަ ފަހަރަށް މި ފަދަ ބައިނަލްއަޤުވާމީ ކޮންފަރެންސެއް ބާއްވާ ފަހަރުކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްސް އިދާރާތަކުން އެކުގައި މި ގޮތަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ގޮތުން ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އޮތޯރިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، އެކި ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި ގައުމުތަކުގެ ޓެކްސް ނެގުމުގެ ނިޒާމްތައް ހަރުދަނާކުރުމަށް ކާޓާއިން ކުރަމުންގެންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.

މޮ ކޮންފަރެންސަކީ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ، އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެންބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މިއީ މި ކޮންފަރެންސް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ގޮތުން މި އަހަރު ރާއްޖޭގެ ފަރާތުން މި ހަރަކާތް ރާވައި އިންތިޒާމުކޮށްފައިވަނީ މީރާގެ ފަރާތުންނެވެ. މި ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)އެވެ. އަދި، މި ކޮންފަރެންސްގެ އެކިއެކި އިންތިޒާމުތައް ހަމަޖެއްސުމުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް ޕޮލިސް ސަރވިސަސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރ ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އޭ.ސީ.އެލްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ން 13 ޖުލައި އަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި

29 މާރިޗު 2017
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް