Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ ވަޙީދު

ބައިނަލްއަޤުވާމީ ތަޖުރިބާ އާއެކު ފުޓުބޯޅައިގެ ބޮޑު ހަރަކާތެއް އަލީ ވަހީދުގެ އުފަން ދުވަހު!

11 ޖުލައި 2023 | އަންގާރަ 10:46

އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ ފުޓުބޯޅައިގެ މީހެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އަލީ ވަޙީދު ވިދާޅުވީ، މިހާރު ބޭނުންވަނީ ދިވެހި ފުޓުބޯޅަ އަށް މަސައްކަތް ކޮށްދެއްވުމަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2023 | އަންގާރަ 10:46
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަލީ ވަޙީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަލީ ވަޙީދު

ދެ އަހަރަށްވުރެ ގިނަ ދުވަހަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ބޮޑު ފޯކަސްއެއް އޮތީ ބައިނަލްއަޤުވާމީ ތަޖުރިބާ އާއެކު ދިވެހި ފުޓުބޯޅަ އަށް މަސައްކަތް ކުރެއްވުން ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

އަލީ ވަޙީދު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ މެންދުރު ރާއްޖެ ވަޑައިގެން، ރަސްމީ ފާލަމުގައި ހުންނަވައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އަލީ ވަޙީދު ވިދާޅުވީ އިނގިރޭސި ވިލާތުގައި ހުންނެވި ދުވަސްވަރު ފުޓުބޯޅައިގެ ގިނަ ކަންކަން ދަސްވެފައިވާ ކަމަށެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ ފުޓުބޯޅައިގެ މީހެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އަލީ ވަޙީދު ވިދާޅުވީ، މިހާރު ބޭނުންވަނީ ދިވެހި ފުޓުބޯޅަ އަށް މަސައްކަތް ކޮށްދެއްވުމަށް ކަމަށެވެ. ޚާއްސަކޮށް މިހާރު ދިވެހި ފުޓުބޯޅަ އަޑިއަޅާލައިފައިވާ މިންވަރު ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ބޫޓާން ކައިރިން ދިވެހިން މޮޅުވަން ޖެހެނީ އޭރިޔާ ތެރެއިން ކުރާ ފައުލަކަށް ލިބޭ ޕެނަލްޓީއަކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުލަބު ފުޓުބޯޅައިގައި މީގެ ކުރިން ވެސް އިސް މަސައްކަތްތަކެއް ކުރައްވާފައިވާ އަލީ ވަޙީދު އިތުރަށް ވިދާޅުވީ، ފުޓުބޯޅައިގައި އޭނާ ކުރައްވަން ބޭނުންވާ މަސައްކަތް އޭނާގެ އުފަން ދުވަހު (ޖުލައި 20)ގައި އިއުލާން ކުރައްވާނެ ކަމަށެވެ. އަލީ ވަޙީދު ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު ބޭނުމަކީ ކުލަބު ފުޓުބޯޅައިގައި މަސައްކަތް ކުރެއްވުން ކަމަށެވެ. ދިވެހި ފުޓުބޯޅަ ކުރިއަށް ގެންދިޔުމަށް ގިނަ މަަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އިންޑިއާގައި އޮތް ލީގަށް ވުރެ ވެސް ފެންވަރު ރަނގަޅު ލީގެއް ދިވެހި ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސަރުކާރުން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ ފުޓުބޯޅަ ދަނޑުތަކެއް އެޅުމަކީ ރަނގަޅު މަސައްކަތެެއް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވުމަކީ ރަނގަޅު ވާހަކަައެއް ނޫން ކަމަށް ވެސް އަލީ ވަޙީދު ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތުގައި ހުންނެވި ދުވަސް ވަރު އަލީ ވަޙީދު ވަނީ އެ ޤައުމުގެ ކުލަބަކަށް ކޯޗުކަން ކޮށްދެއްވާފަ އެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕްގެ ޗެމްޕިއަންކަން އަލީ ވަޙީދު ވަނީ ހޯއްދަވާފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭ އިން ހޮވި ސައުތު ލަންޑަންގެ އެންމެ މޮޅު ކޯޗަަކަށް ހޮވުނީ ވެސް އޭނާ އެވެ.

އަލީ ވަޙީދު އަކީ މަދަރުސީ ދައުރުގައި ޑިފެންޑަރުގެ މަގާމަށް ކުޅުއްވި ކުޅުންތެރިޔެކެވެ. އެއަށްފަހު ޤައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުންކަން ވެސް އަލީ ވަޙީދު ވަނީ އަދާކުރައްވާފަ އެވެ. ޤައުމީ ޓީމުގެ މެނޭޖަރުކަން ކުރެއްވި ފަހުން، 2012 ވަނަ އަހަރު އޭނާ ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެެއާމަން ކަމާ ހަވާލުވެފަ އެވެ. ޖެހިގެން އައި ހަތަރު އަހަރު ނިއު އިން ހޯދި ކާމިޔާބީ ތަކުގައި އަލީ ވަޙީދުގެ ހިއްސާ ވަރަށް ބޮޑެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް