Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަންގަވް ޕޯޓަލް ލޯންޗު ކުރުން

ސަރުކާރުގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ "ވަންގަވް" ޕޯޓަލް ރައީސް ލޯންޗުކޮށްދެއްވައިފި

10 ޖުލައި 2023 | ހޯމަ 07:26

ފަސޭހައިން ކޮންމެ ތަނެއްގައި ހުރެގެން ވެސް ޚިދުމަތް ހޯދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2023 | ހޯމަ 07:26
ވަންގަވް ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ލޯންޗު ކޮށްދެއްވަނީ

ވަންގަވް ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ލޯންޗު ކޮށްދެއްވަނީ

ސަރުކާރުގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ "ވަންގަވް" ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ލޯންޗު ކޮށްދެއްވައިފިއެވެ.

ވަންގަވް ފަރުމާކުރެވިފައިވަނީ އެންމެންނަށްވެސް ފަސޭހަކަމާއެކު މިޕްލެޓްފޯމް ބޭނުންކުރެވޭ ގޮތަށެވެ. އިތުރު ތަމްރީން ނުވަތަ ތަޖުރިބާއަކާނުލައި ކޮންމެ މީހަކަށްވެސް މިޕްލެޓްފޯމް ބޭނުންކޮށް ދަތި އުނދަގުލަކާއި ނުލައި ސަރުކާރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ. ވަންގަވް އިން ޚިމަތްތަކަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމްތައް ފަރުމާކޮށްފައިވާނީ ފަސޭހަކަމާއި އެކީ ޚިދުމަތްތަކަށް އެދި ހުށައެޅޭނެ ގޮތަށެވެ. އަދި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ކުރިން ބޭނުންވާ ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް ހާމަކޮށް އެއްވެސް އޮޅުމެއް ނެތި ޔަގީންކަމާއެކު ޚިދުމަތަށް އެދުމަށް ބޭނުން މައުލޫމާތުތައް ކިޔާލެވޭނެއެވެ.

މި ޕޯޓަލްގެ މަސައްކަތް ކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޝިނާޒު ވިދާޅުވީ ފާއިތުވި 2 އަހަރުގެ ތެރޭގައި މި ޕޯޓަލް ގާއިމްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ޝިނާޒު ވިދާޅުވީ ވަންގަވްއިން ސަރވިސްތައް ސިމްޕަލްކޮށް، ފަސޭހައިން ކޮންމެ ތަނެއްގައި ހުރެގެން ވެސް، ކޮންމެ ގައުމެއްގައި ހުރެގެން ވެސް، ކޮންމެ ގަޑިއެއްގައި ވެސް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށެވެ.

ޝިނާޒު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ވަންގަވްއާއެކު، އާއްމު ރައްޔިތުންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ ކަމަށެވެ. ޚިދުމަތްތަކަށް ހުށަހަޅަން އެޕްލިކޭޝަން ފޯމް ނުވަތަ އެހެނިހެން ލިޔެކިޔުންތައް ޕްރިންޓްކުރަން ނުޖެހޭނެ ކަމަށާއި، ޚިދުމަތްތައް ހޯދަން އިންތިޒާރުކުރާ މުއްދަތު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިނާޒު ވިދާޅުވީ ބައެއް ހާލަތްތަކުގައި ސަރުކާރުގެ އޮފީސްތަކުގެ ބައެއް ޚިދުމަތްތަކަށް އެދުމުން މައުލޫމާތު ރަނގަޅުނޫން ކަމަށްވާނަމަ ފޯމް ބަލައިނުގަންނަކަމަށެވެ. އަދި އެފޯމް ރިޖެކްޓްވެ، ދެވަނަ ފަހަރަށް އެމަސައްކަތް ކުރަންޖެހޭ ފަހަރު އަންނަ ކަމަށެވެ. ނަމަވެސް މި ޕޯޓަލްގައި ހުރިހާ ޚިދުމަތެއް ބަލައި ގަންނާނެ ކަމަށާއި، މައުލޫމާތު ރަނގަޅު ނޫން ކަމަށްވާނަމަ އެ ހަމައެކަނި މައްސަލަ ދިމާވި މައުލޫމާތު ރަނގަޅުކޮށްލުމަށް އެދި އެމީހަކަށް މެސެޖެއް އަދި އީމެއިލްއެއް ލިބޭނެ ކަމަށް ޝިނާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިނާޒު ވިދާޅުވީ 1500 ށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި، މުވައްޒަފެއް ސަލާމުގައި ހުރެގެން މައުލޫމާތު ނުވަތަ ޚިދުމަތް ނުލިބިގެން އުޅެން ނުޖެހޭ ކަމަށެވެ.

ޝިނާޒު ވިދާޅުވީ މިހާރު ސަރުކާރުގެ އޮފީސްތަކުގެ ޑޮކިއުމެންޓްތައް ހުންނަނީ އެކިއެކި ޑިޒައިންނާއި އެކިއެކި ފޯމެޓަށް ކަމަށެވެ. ނަމަވެސް މި ޕޯޓަލްގައި ވަކި ސްޓޭންޑަޑްއެއް ކަނޑައަޅައި އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ޓްރޭޑް ނެޓް ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށްގެންދާ "ވަންގަވް" ޚިދުމަތަކީ އެއް ވިއުގައެއްގެ ދަށުން ސަރުކާރުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޚިދުމަތާއެކު ސަރުކާރުގެ މިނިސްޓްރީތަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެއެވެ.

ވަންގަވް ޚިދުމަތުގެ ފުރަތަމަ މަރުހަލާ ފަށަނީ 5 އިދާރާއަކާއި އެކުގައެވެ. ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ޚިދުމަތްތައް ވެސް މި ފްލެޓްފޯމްއިން ލިބޭނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް