Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލްއިން ސަލީބާ އާއި ނެލްސަންގެ އެއްބަސްވުން އައުކޮށްފި

8 ޖުލައި 2023 | ހޮނިހިރު 12:43

ދެ ކުޅުންތެރިންވެސް އެއްބަސްވުން އައުކުރީ އިތުރު ހަތަރު އަހަރު ދުވަހަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 8 ޖުލައި 2023 | ހޮނިހިރު 12:43
ސަލީބާ

ސަލީބާ

އާސެނަލް އިން ޑިފެންޑަރު ވިލިއަމް ސަލީބާ އާއި ކުރިޔަށް ކުޅޭ ރީސް ނެލްސަންގެ އެއްބަސްވުން އައުކޮށްފިއެވެ.

އެ ޓީމުން ސަލީބާގެ އެއްބަސްވުން އައުކުރީ އިތުރު ހަތަރު އަހަރު ދުވަހަށެވެ. މިއާއެކު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުއެވެ. އާސެނަލްގެ ފުރަތަމަ 11 އަށް އޮގަސްޓު މަހު ކުޅެން ފެށިފަހުން، ސަލީބާ ވެގެންދިޔައީ ޓީމުގެ ޑިފެންސް ލައިނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ.

ސަލީބާ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ 27 މެޗު ހިމެނޭހެން ޖުމްލަ 33 މެޗު ކުޅެ، ތިން ލަނޑު ޖަހާފައެވެ. ރިޕޯޓުތައް ބުނާގޮތުން، ރެއާލް މެޑްރިޑާއި ޕީއެސްޖީން އޭނާ ގެންދިޔުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

2019 ވަނަ އަހަރު 27 މިލިއަން ޕައުންޑަށް ސެއިންޓް އެޓިއެން އިން އާސެނަލްއަށް ބަދަލުވުމަށްފަހު ސަލީބާ ވަނީ ފްރާންސްގެ ފުޓްބޯޅައިގައި ތިން ލޯން ސްޕެލް ފުރިހަމަކޮށްފައެވެ.

އާސެނަލް އިން ނެލްސަންގެ އެއްބަސްވުންވެސް އައުކުރީ އިތުރު ހަތަރު އަހަރު ދުވަހަށެވެ.

އުމުރުން އަށް އަހަރުގައި އެކަޑެމީއާ ގުޅުނު ނެލްސަން އެއްބަސްވުން އައުކުރީ، ކުރީގެ އެއްބަސްވުން ހަމަވުމުގެ ފަހުންނެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ނެލްސަން ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 11 މެޗު ކުޅެ، މާޗް މަހުގެ ހަތަރު ވަނަ ދުވަހު ފަހަތުން އަރާ ބޯންމައުތު އަތުން 3-2 އިން މޮޅުވި މެޗުގައި މުހިންމު ލަނޑެއް ޖަހާފައެވެ.

އާސެނަލް މި ސީޒަނުގެ ބޮޑުބައި ލީގު ތާވަލުގެ އެއްވަނައިގައި ހޭދަކުރިނަމަވެސް، ފަހުވަގުތު ޗެމްޕިއަންކަން ހޯދީ މެންޗެސްޓަރ ސިޓީއިންނެވެ.

މި ހޫނުމުސުމުގައި ކައި ހަވާޓްޒް ސޮއިކުރުމަށްފަހު އާސެނަލްއިން ވަނީ ޑެކްލަން ރައިސްއާ ޓިމްބާގެ ސޮއި ހޯދުމާވެސް ގާތަށް ޖެހިލާފައެވެ. ހަމައެއާއެކު، އެ ޓީމުގެ ޒަކާ ވަނީ ޖަރުމަނުގެ ލެވަކޫސަންއަށް ބަދަލުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް