Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަން ސެންޓްރަލް ޕާކްގެ އެޕާޓްމަންޓް ހަވާލުކުރުން

ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލްއަކީ އިންޑިއާ ކުންފުނިތަކަށް ފެންވަރު ރަނގަޅު، އަވަސް މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ހެތްކެއް - މުނޫ މަހާވަރު

ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލް ބިލްޑިންގުން އެޕާޓްމަންޓް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކުރީ ބުރާސްފަތި ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖުލައި 2023 | ބުރާސްފަތި 16:18
އިންޑިއަން ހައިކޮމިޝަނަރު، މުނޫ މަހާވަރު

އިންޑިއަން ހައިކޮމިޝަނަރު، މުނޫ މަހާވަރު

ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލް ބިލްޑިންގުގެ އެޕާޓްމަންޓްތަކަކީ، އިންޑިއާގެ ކުންފުނިތަކަށް ކޮލިޓީ، އަވަސް މަަސައްކަތްތަކެއް ކުރެވޭ ކަމުގެ ހެތްކެއްކަމަށް، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްގީއަށްޓަކައި އިންޑިއާއިން މަަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ސަރުކާރާއި ދިވެހިންނާ ގާތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ތަފާތު ސިނާއަތްތަކުގައި ގިނަ ޕްރޮޖެކްޓްތަކުގައި އިންޑިއާގެ ކުންފުނިތަކުގެ ބައިވެރިވުން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެތެރޭގައި ހައުސިން މަޝްރޫއުތައް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއީ، އިންޑިއާ ކުުންފުނިތަކަކީ ވަގުތަށް މަސައްކަތް ނިންމައި، ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ ގާބިލްކަން ހުރިކަން އަންގައިދޭ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި ގޮންޖެހުންތަކާ އެކުގައި މަސައްކަތް ނިންމާލެވުމަކީ ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލް ބިލްޑިންގުން އެޕާޓްމަންޓް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކުރީ ބުރާސްފަތި ދުވަހުއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޕާޓްމަންޓް ގަތް މީހުންނާ ތަޅުދަނޑި ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

ހުޅުމާލެ ފޭސް-1ގައި އިމާރާތްކޮށްފައިވާ މި ރެޒިޑެންޝަލް ބިލްޑިންގުގައި 120 ހައުސިންގ ޔުނިޓް ހިމެނެއެވެ. އަދި މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރައެވެ. މި އެޕާޓްމަންޓްތައް ހުންނާނީ ސެންޓްރަލް ޕާކްގެ އުތުރުން، ޖުޑީޝަލް ކޮމްޕްލެކްސް ކުރިމައްޗަށް ވާގޮތަށެވެ.

މި އެޕާޓްމަންޓްތައް ޚާއްސަކުރެވިފައި ވަނީ ފުރަތަމަ ފަހަރަށް ގެއެއް/އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު