Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް ފެރީގެ ޓެސްޓް ދަތުރުތައް

ހުވަދޫ އަތޮޅުގައި އާރްޓީއެލް ފެރީގެ ޓެސްޓް ދަތުރުތައް މި މަހުގެ 13ގައި ފަށަނީ

6 ޖުލައި 2023 | ބުރާސްފަތި 08:18

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ހިދުމަތް ފެށިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖުލައި 2023 | ބުރާސްފަތި 08:18
އާރްޓީއެލް ފެރީތައް

އާރްޓީއެލް ފެރީތައް

ހުވަދޫ އަތޮޅުގައި އާރްޓީއެލް ފެރީގެ ޓެސްޓް ދަތުރުތައް ފަށާނީ މި މަހުގެ 13ގައި ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި ހިދުމަތް ހުވަދޫ އަތޮޅުގައި ފަށާނީ ގދ. އަދި ގއ. އަތޮޅުގެ ހުރިހާ ރަށެއްގައެވެ. ރައްޔިތުން އަހުލުވެރިކުރުވުމުގެ މި ދަތުރުތައް އެއް ހަފްތާއަށް ކުރިއަށްދާއިރު ދަތުރުތައް ހިލޭ ކުރެވޭނެއެވެ.

Advertisement - newsAdvertisement

ހުވަދޫ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ފެރީތައް ފުރުމަށް އޮތް ހަރަކާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ އަތޮޅުގައި 80 މުވައްޒަފުން ލޯންޗު އޮޕަރޭޓް ކުރުމަށް ނަގާ ކަމަށެވެ. އަދި އެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ދިނުމުގެ މަސައްކަތް ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ހިދުމަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެއްވެސް އުނދަގުލެއް އޮތްނަމަ އެމްޓީސީސީއާ އެ މައުލޫމާތު ހިއްސާކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ހުވަދޫ އަތޮޅަށް ދަތުރުކުރި އާރްޓީއެލް ފެރީގައި ހުރި ކައްޕިއެއް ބުނީ ކުރިން ހއ. ގައި ދަތުރުގައި ފެށިއިރު ވެސް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތް ރައްޔިތުން ފާހަގަކުރި ކަމަށާއި ރައްޔިތުން ވަރަށް އުފާވާކަމަށެވެ.

އެމްޓީސީސީން މިހާތަނަށް ހއ. ހދ. ށ އަދި ޅ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވެއެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ، އަދި ށ އަތޮޅު ހިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން ނ، ރ، ބ، ޅ، ގއ، ގދ، ޏ އަދި ސ އަތޮޅު ހިދުމަތް ފެށިގެންދާނެއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. މުޅި ރާއްޖޭގައި ފެރީގެ ނިޒާމް 2023ގެ ނިޔަލަށް ޤާއިމްކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.

އާރްޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ރާއްޖޭގައި ހިންގަމުންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި

27 އެޕްރީލު 2017
އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް