Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލެ ސަރަހައްދުން ގޮތި ދޫކުރުން

އަނެއްކާވެސް އިތުރު ބަޔަކަށް ގޯތީގެ ޔަގީންކަން!

3 ޖުލައި 2023 | ހޯމަ 07:30

މި ބުރުގައި 6،200 މީހުންނަށް ގޯތި ދޫކުރުމަށް ވަނީ ނިންމަވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޖުލައި 2023 | ހޯމަ 07:30
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މާލެ ރައްވެހިންނަށް ގޯތި ދޫކުރުމުގެ ވައުދަކީ މިހާތަނަށް ވެރިކަމަށް ވަޑައިގެން އެތައް ވެރިންނެއްގެ ވައުދުފުޅެކެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެ ކަމުގެ ކުޑަވެސް ޔަގީންކަމެއް މި ވީހާތަނަށް ލިބިފައެއް ނެތެވެ. މާލޭގެ ރައްޔިތުން މިހާތަނަށް ތިބީ ގޯތި ލިބޭނެކަމުގެ އުންމީދެއް ނެތިއެވެ. މި ސަރުކާރުންވެސް އައީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވައުދާ އެކުގައެވެ. އެހެންނަމަވެސް މީގެ ކުރިން އެތައް ވެރިންނެއް އެކަން ކޮށްދެއްވާފައިނުވާއިރު، މި ސަރުކާރުން ގޯތި ދޭނެ ކަމަށް ޔަގީންކުރީ ވަރަށް މަދު ބައެކެވެ.

އެހެންނަމަވެސް މިއަދު މިވަނީ މި ދައުރުތެރޭގައި މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައެވެ. މި ސަރުކާރުން ގޯއްޗަށް ހުޅުވާލީ ނަމެއްގައި ނޫންކަން ވަނީ ޔަގީންވެފައެވެ. މި ސަރުކާރުން މާލެ ސަރަހައްދުން 5،000 ގޯތި ދެއްވާނެ ކަމަށްބުނެ ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ގޯއްޗަށް ކުރިމަތިލިއެވެ. އަދި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރިއިރު 19،858 މީހުން ގޯއްޗަށް ޝަރުތުހަމަވެއެވެ. އެހެންނަމަވެސް މިފަހަރު ފުރުސަތު ހުޅުވާލީ 5،000 ގޯއްޗަށް ކަމުން 10،314 މީހުންނަށް ގޯތި ހަމަޖެހިގެންދެއެވެ. ގޯއްޗަށް ޝަރުތުހަމަވާ 9،544 މީހުން ބާކީ ތިބިއިރު، އެމީހުންނަށް ގޯތި ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިހާ ހިސާބުންވެސް މި 19،000 މީހުންނަށް ވަނީ އުންމީދު ގެނުވާފައެވެ. ގޯތި ނުދީ މި ސަރުކާރުން އެމީހުން ބިކަ ކޮށްނުލާނެ ކަން ވަނީ ޔަގީންވެފައެވެ. ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ކުރިއަށްދާއިރު، މި މުއްދަތުގައި ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ދާއިމީ ލިސްޓު އާންމުކުރާނެއެވެ.

އަނެއްކާވެސް އާދިއްތަ ދުވަހު ރައީސް ވަނީ އުފާވެރި ޚަބަރެއް ދެއްވާފައެވެ. މި ބުރުގައި މާލެ ސަރަހައްދުން ދޫކުރަން މީގެ ކުރިން ނިންމެވި 5،000 ގޯތީގެ ބަދަލުގައި 6،200 ގޯތި ދެއްވަން ނިންމަވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. މިއާއެކު މި ބުރުގައި އިތުރު 1،200 ގޯތި ދޫކުރާނެއެވެ. މާލެ ސަރަހައްދުން ގޯތި ބޭނުންވެފައި ތިބި އެތައް ހާސް ބަޔަކަށް މިއަދު މި ލިބިގެންދިޔައީ އަނެއްކާވެސް އައު އުންމީދެކެވެ. ހަމަގައިމުވެސް މި ބުރުގައި ގޯތި ލިބޭ މީހުންގެ އަދަދު އިތުރުވީއެވެ.

ހަމަ މިއާއެކު ރައީސް ވަނީ އޮގަސްޓު މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފެށޭނެކަންވެސް އިއުލާނުކުރައްވާފައެވެ. ވީހާވެސް އަވަހަށް ގޯތިތައް ހަވާލުކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅުއްވާއިރު، ކޮންމެ ދުވަހަކުވެސް ބިން ކަނޑާ، ފަށް ދަމާ ގޯތިތަކުގެ ހައްގުވެރިންނާ ގޯތި ހަވާލުކުރަމުންދާނެ ކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ހަމަގައިމުވެސް މިއަދު މާލޭ ރައްވެހިންނަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެންދާނެކަން ޔަގީނެވެ. ބިން ދޫކުރުމަށް ހިއްކާ ގިރާވަރުފަޅާއި، ގުޅީފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާތަން މިއަދު ރައްޔިތުންނަށް ދަނީ ފެންނަމުންނެވެ. ކުރީ ސަރުކާރުން ނުހިއްކާ އޮތް ފަޅަކުން ރައްޔިތުންނަށް ގޯތި ދޫކުރިޔަސް މި ސަރުކާރުން މާލެ ރައްޔިތުންނަށް ދައްކަމުންދަނީ ހުވަފެނެއް ނޫންކަން މިއަދު އެނގެއެވެ.

މާލޭގެ ރައްވެހިން މާލޭގައި އުޅެމުންދަނީ ކިހާ ދަތިހާލުގައިކަން ނޭނގޭ މީހެއް ހުންނާނެހެނެއް ހިއެއް ނުވެއެވެ. ކުދިކުދި ކޮޓަރިތަކުގައި ބޮޑެތި އާއިލާތައް ދިރިއުޅެމުންދާއިރު މިއީ ހިތްދަތި ދިރިއުޅުމެކެވެ. ރަނގަޅަށް ނޭވާނުލާ މާލޭ ރައްޔިތުން އުޅެމުންދާއިރު އެމީހުންގެ ހާލު ދުށީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. މާލޭގެ ރައްޔިތެއް ނޫނެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2017

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް