Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެސް ފެބްރިގާސް

ސްޕެއިންގެ ތަރި ފެބްރިގާސް ރިޓަޔާކޮށްފި

އޭނާ ވަނީ ކުލަބު ކެރިއަރާއި ޤައުމީ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 2 ޖުލައި 2023 | އާދީއްތަ 01:47
ސެސް ފެބްރިގާސް

ސެސް ފެބްރިގާސް

އާސެނަލް، ބާސެލޯނާ އަދި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު, ސެސް ފެބްރިގާސް ފުޓުބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ.

އުމުރުން 36 އަހަރުގެ ފެބްރިގާސް ވަނީ ސްޕެއިނާއެކު ވޯލްޑް ކަޕް، ޗެލްސީގައި ދެ ފަހަރު ޕްރިމިއާ ލީގު އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

އޭނާ ކެރިއަރު ނިންމާލަނީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކޮމޯއާ ގައި ކުޅުމަށްފަހުއެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް، އޭނާ ކުޅުން ހުއްޓާލަނީ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީހެވެ.

ފެބްރިގާސްގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓުބޯޅަ ކުޅުން ހުއްޓާލާ ވަގުތު ޖެހިއްޖެކަމަށެވެ. އަދި ކުލަބު ކެރިއަރުގައި ކުޅުނު ހުރިހާ ޓީމެއްގެ ހަނދާންތައް އަބަދުވެސް ހުންނާނެ ކަމަށެވެ. މީގެއިތުރުން އޭނާ ބުނެފައިވަނީ ވޯލްޑް ކަޕުން ފެށިގެން ގޮސް ޔޫރަޕުގެ މުބާރާތްތަކާއި އިންގްލެންޑާއި ސްޕެއިންގައި ހޯދި ކާމިޔާބީތަކަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ކާމިޔާބީތަކެއް ނޫންކަމަށެވެ.

އުމުރުން 10 އަހަރުގައި ފެބްރިގާސް ބާސާގެ ލާ މާސިއާ އެކަޑަމީއާ ގުޅުނީ 1997 ވަނަ އަހަރުއެވެ. ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު އެއް ޓީމުގެ ޔޫތު ސެޓްއަޕްގެ ތެރެއިން ކުރިއެރުން ހޯދާފައިވާ އޭނާ ވަނީ ޕްރިމިއާ ލީގުގައި 212 މެޗު ކުޅެ، 2004 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު އާސެނަލްއާއެކު އެފްއޭ ކަޕް ކާމިޔާބުކޮށް އަލުން ބާސެލޯނާއަށް ބަދަލުވެފައެވެ.

ބާސާގައި ތިން އަހަރު ހޭދަކުރުމަށް ފަހު 2014 ވަނަ އަހަރު ޕްރިމިއާ ލީގަށް އެނބުރި އައިސް، އޭނާ ގުޅުނީ ޗެލްސީއާއެވެ. މޮނާކޯއާއެކު ތިން އަހަރު ތެރޭ 68 މެޗު ކުޅެފައިވާއިރު، ކޯމޯއަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުމުގެ ވަގުތު ހުރީ އަނިޔާގެ ސަބަބުން މަދުކޮށެވެ.

ފެބްރިގާސް ވަނީ ސްޕެއިނަށް 110 މެޗު ކުޅެދީ، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ވެސް ސްޕެއިން އާއެކު ކާމިޔާބުކޮށްފައެވެ.

ސެސް ފެބްރިގާސްޗެލްސީއާސެނަލްބާސެލޯނާސްޕެއިން ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު