Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

މެންޗެސްޓަރ ޔުނައިޓެޑުން ޑެހެއާއަށް ކޮންޓްރެކްޓެއް ހުށަހަޅަން މަސައްކަތް ކުރަނީ

ކުލަބުން ބޭނުންވަނީ ޑެހެއާގެ މުސާރަ ކުޑަކުރަން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 ޖުލައި 2023 | ހޮނިހިރު 11:11
ޑޭވިޑް ޑެހެއާ

ޑޭވިޑް ޑެހެއާ

މެންޗެސްޓަރ ޔުނައިޓެޑުން، ޑޭވިޑް ޑެހެއާގެ އެއްބަސްވުމުގައި އުފެދިފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން އޭނާއާ މަޝްވަރާކުރުމަށް ރާވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޯލްޑް ޓްރެފޯޑްގައި ޑެހެއާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހުކުރު ދުވަހު ވަނީ ރަސްމީކޮށް ހަމަވެފައެވެ. މިކަމުގެ ސަބަބުން ގޯލްކީޕަރު ފްރީ އެޖެންޓަކަށް ވާނެއެވެ. ނަމަވެސް ފުޓުބޯޅަ ޑިރެކްޓަރ ޖޯން މަރޓޯފް ހިމެނޭހެން ކުލަބުގެ އިސްވެރިން ވަނީ ޑެހެއާއާ އަމިއްލައަށް ބައްދަލުކޮށް، އޭނާގެ އެއްބަސްވުމުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ހުކުރު ދުވަހު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ވަނީ، ޑޭވިޑް ޑެހެއާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތްނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ކީޕަރާއެކު މަޝްވަރާތައް އަދިވެސް ކުރާކަމަށެވެ.

ކޯޗު އެރިކް ޓެން ހާގް ބުނީ ސްޕެއިންގެ ކީޕަރު މަޑުކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް ހަފުތާއަކު ގާތްގަނޑަކަށް 375،000 ޕައުންޑުގެ މުސާރަ ކުޑަކުރަން ކުލަބުން ބޭނުންވާ ކަމަށެވެ. ޑެހެއާގެ އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް އެއް އަހަރަށް އިތުރު ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތްނަމަވެސް އެ މާއްދާ ޓްރިގަރ ނުކުރަން ޔުނައިޓެޑުން ވަނީ ނިންމާފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ އިންޓަރ މިލާނުގެ ކީޕަރު، އަންޑްރޭ އޮނާނާ ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ. އަޔެކްސްގައި އެކުގައި ހޭދަކުރި ދުވަސްތަކަށްފަހު ޓެން ހާގަށް ކެމަރޫންގެ ކުޅުންތެރިޔާ ރަނގަޅަށް އެނގެއެވެ. މީގެ އިތުރުން އެފްސީ ޕޯޓޯގެ ޑިއޯގޯ ކޮސްޓާއާއި ބްރެންޓްފޯޑްގެ ޑޭވިޑް ރާޔާއަށް ވެސް ޝައުގުވެރިކަން އެބަހުއްޓެވެ.

ޔުނައިޓެޑުން ޓޮމް ހީޓަންގެ އެއްބަސްވުން އިތުރުކޮށްފައިވާއިރު، މިދިޔަ ސީޒަން ނޮޓިންހަމް ފޮރެސްޓްގައި ލޯނު އުސޫލުން ހޭދަކުރުމަށްފަހު ޑީން ހެންޑަސަން ވަނީ އެނބުރި ކުލަބަށް އައިސްފައެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުން ރެލިގޭޝަނުން ސަލާމަތްވުމަށްފަހު ހެންޑަސަން ދާއިމީކޮށް ސޮއިކުރަން ފޮރެސްޓުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްޑޭވިޑް ޑެހެއާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު