Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

އޮންލައިން ވިޔަފާރިތައް ކޮންޓްރޯލްކުރާނެ ބަޔަކުނެތް، މަނާ ތަކެތިވެސް ފާޅުގައި ވިއްކަނީ

ގާނޫނުން މަނާކުރާ ތަކެތިވެސް ޕޭޖުތަކުން ފާޅުގައި ވިއްކާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 12:15
އޮންލައިން ވިޔަފާރި

އޮންލައިން ވިޔަފާރި

ރާއްޖޭގައި އޮންލައިން ވިޔަފާރި ފުޅާވެގެންގޮސް މިއަދު ކޮންމެ އެއްޗެއްވެސް އޮންލައިންކޮށް ލިބެންހުރެއެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ޚިޔާރުކުރަނީވެސް އޮންލައިން ވިޔަފާރިތަކެވެ. އެއީ ކާކުކަން ނޭނގި ކޮންމެ އެއްޗެއްވެސް ގަނެވިއްކޭތީއެވެ. މިގޮތަށް ވިއްކާ ތަކެތީގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗާއި ވިއްކުން މަނާ ތަކެތިވެސް ހިމެނެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން، ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭގޮތަށް ހަދާފައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމަކެވެ. އަދި ޖިންސީ އެދުންވެރިކަން އިތުރުކުރުމާއި ޖިންސީ ގުނަވަންތަކަށް ތަފާތު ބަދަލުތައް ގެނައުމަށާއި ގުޅުން ހިންގުމުގައި ބޭނުން ކުރެވިދާނެ ފަދަ ބާވަތްތަކުގެ ތެރެއިން، ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ޖެހުމަށް ބޭނުންކުރާ ސްޕްރޭ ނުވަތަ އޮއިންޓްމަންޓްފަދަ ތަކެއްޗަކީވެސް މި ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ. އެހެންނަމަވެސް މިހާރު މިތަކެތި ރާއްޖޭގައި އަންނަނީ ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ. އެ ތަކެތި ވިއްކަން ޚާއްސަ ޕޭޖުތައްވެސް އިންސްޓަގްރާމާއި ފޭސްބުކްގައި ހުރެއެވެ.

މިގޮތަށް ޕޭޖުތައް ހަދައިގެން ތަކެތި ވިއްކަނީ ކާކުކަން ނޭނގޭ ގޮތަށް ވިޔަފާރި ކުރެވޭތީއެވެ. އެގޮތަށް ވިޔަފާރިކުރާ ޕޭޖުތަކުގެ ފޮލޯވަރުންވެސް މަދެއްނޫނެވެ. އެހެންކަމުން އެ ޕޭޖުތަކުން ގާނޫނާ ޚިލާފަށް ވިއްކާ ތަކެތި ގަންނަ މީހުންވެސް މަދު ނޫންކަން އެނގެއެވެ. ގިނައިން ތިބެނީ "ފޭކް" އެކައުންޓުތަކެވެ. އެއީ ގަންނަ މީހާވެސް އޭނާއަކީ ކާކުކަން އަންގަން ބޭނުން ނުވާތީ، އެކަމަށް ޚާއްސަކޮށްގެން ހަދާފައިވާ އެކައުންޓުތަކެއްކަމަށް ބެލެވެއެވެ.

ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން، ގޮތް ނޭނގޭ ބޭހާއި ތަފާތު ސަޕްލިމެންޓުވެސް އެއީ ސިއްހީ ގޮތުން ރައްކާތެރި ތަކެތިކަމަށް ބުނެ، އޮންލައިން ޕޭޖުތަކުގައި ވިއްކައެވެ. މިގޮތަށް ވިއްކާ ބައެއް ތަކެތި ފާހަގަކުރެވި، އެއީ ސިއްހަތަށް ނުރައްކާތެރި ތަކެތިކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭތެރެދޭތެރެއިން ބަޔާންތައްވެސް ނެރެއެވެ. ނަމަވެސް އެތަކެތި ވިއްކުމަކަށް ހުއްޓުމެއްނާދެއެވެ.

މިފަދަ ޕޭޖުތައް ރާއްޖޭގައި ދުވަހަކަށް ފަހު ދުވަހެއް އިތުރުވަމުން އަންނައިރު އުފެދޭ ސުވާލަކީ، އެ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރުންވެސް މަނާކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތަކެއްޗަށް ވާއިރު، ރާއްޖެއަށް އެތެރެ ކުރެވެނީ ކިހިނެއްބާވައެވެ. އެފަދަ ތަކެތި ރާއްޖޭގައި ފާޅުކަން ބޮޑު ގޮތެއްގައި ވިއްކަމުން އަންނައިރު އެކަން ހުއްޓުވުމަށް ފިޔަވަޅުތައް ނޭޅެނީބާވައެވެ.

ރާއްޖޭގައި އޮންލައިން ވިޔަފާރިތަކުން ބޭނުން އެއްޗެއް ބޭނުން އަގުތަކެއްގައި ވިއްކަމުން އަންނަނީ އެ ވިޔަފާރިތައް ރެގިއުލޭޓް ނުކުރެވޭތީއެވެ. ނަމަވެސް ފާޅުގައި ގާނޫނާ ޚިލާފު ކަންކަން ކުރަމުން އަންނައިރު، އެފަދަ ކަންކަން ރެގިއުލޭޓްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އެކަންކަން ހުއްޓުވަން އެބަޖެހެއެވެ.

ރާއްޖެއަށް އެތެރެވުން ހުއްޓުވަންވީ ހަމައެކަނި މަސްތުވާތަކެއްޗެއް ނޫނެވެ. ގާނޫގައި ވަކި ހުއްދައެއްނެތި ރާއްޖެއަށް އެތެރެކުރުން މަނާކަމަށް ބުނާ ހުރިހާ އެއްޗެއްވެސް އެތެރެކުރުން ހުއްޓުވަން ސަމާލުކަން ދޭންޖެހެއެވެ. އަދި އެތަކެތި އެތެރެކުރާ ފަރާތްތައް ހޯދައި، އެ މީހުންނާމެދު ގާނޫނީ ފިޔަވަޅުވެސް އަޅަން ޖެހެއެވެ.

ފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު