Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާގެ މަސްރަހު

ވެގްނަރ ގްރޫޕުގެ ނާކާމިޔާބު އިދިކޮޅު ހަރަކާތަށްފަހު ރައްޔިތުން އެއްބައިވުމަށް ރަޝިޔާގެ އިސްފަރާތްތަކުން ގޮވާލައިފި

އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ކަމަށް ރަޝިޔާގެ ބޮޑުވަޒީރު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 ޖޫން 2023 | ހޯމަ 16:09
ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ނިކުތް ކުލީ ސިފައިން

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ނިކުތް ކުލީ ސިފައިން

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ވެގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު ހަރަކާތަށްފަހު ހުރިހާ ރައްޔިތުން އެއްބައިވުމަށް ރަޝިޔާ ސަރުކާރުގެ އިސްވެރިން ގޮވާލައްވައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ 23 އަހަރުވީ ވެރިކަމުގައި މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަށް ވެގްނަރ ގްރޫޕްގެ މިހަރަކާތް ވެގެންދާއިރު، އެހަރަކާތް މެދުކަނޑާލައި އެ ޖަމާއަތުން ފަހަތަށް ޖެހުނު ސަބަބުގެ ތަފްސީލެއް އަދިވެސް ތިލައެއްނުވެއެވެ. ވެގްނަރ ގްރޫޕުން ރަޝިޔާގެ ވެރިރަށް މޮސްކޯއާ 200 ކިލޯމީޓަރ ކައިރީގައި އޮތުމަށްފަހު މިސްރާބު ބަދަލުކޮށްލީ ލޭ އޮހޮރުވުމަކަށް ނުދާންކަމަށް ބުނެއެވެ.

ރަޝިޔާގެ ބޮޑުވަޒީރު މީކާއީލް މިސްހަސްޓިން ވެސް ވަނީ، މިއީ ރަޝިޔާގެ އަމާންކަމާއި ސަލާމަތަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ރައްޔިތުން ގައުމަށް ވަފާތެރިވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. ވެގްނަރ ގްރޫޕްގެ ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މީކާއީލް ވިދާޅުވީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ކަމަށާއި، ރައީސްގެ ދިފާއުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް އެކަތިގަނޑަކަށް ވާންޖެހޭކަމަށެވެ.

މި ހަރަކާތާ ގުޅިގެން ޕުޓިން އަދި މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު، ހޮނިހިރު ދުވަހު ރަޝިޔާ ރައްޔިތުންނާ މުޚާތަބުކުރައްވައި ޕުޓިން ވަނީ، ރަޝިޔާ އަސްކަރިއްޔާއާ ދެކޮޅުވެރިވި ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ހަރަކާތަށްފަހު، ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިންގެ ޚަބަރެއްވެސް ނުވެއެވެ. އެންމެފަހުން ޔެވްގެނީ ފެނިފައިވަނީ އޭރު ވެގްނަރ ގްރޫޕުގެ ބާރުގެ ދަށުގައި އޮތް ރަޝިޔާގެ ސިޓީއެއްކަމުގައި ރޮސްޓޮވްއިން އެސްޔޫވީ ކާރެއްގައި ނިކުމެގެން ދަނިކޮށެވެ.

ރަޝިޔާގެ ނޭޝަނަލް އެންޓި ޓެރަރިޒަމް ކޮމިޓީން ވަނީ ގައުމުގެ ހާލަތު ސްޓޭބަލް ކަމަށް ބުނެފައެވެ.

މޮސްކޯއާ ދިމާއަށް ވެގްނަރ ގްރޫޕުން ދިޔަ ދިޔުން މެދުކަނޑާލައި މިސްރާބު ބަދަލުކޮށްފައިވަނީ ޔެވްގެނީއާއި ވެގްނަރ ގްރޫޕުގެ ހަނގުރާމަވެރިން ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު، ބަދަލެއްގެ ގޮތުގައި ދިނުމަށް އެއްބަސްވެގެންނެވެ. ނަމަވެސް ހޯމަ ދުވަހު ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނިގޮތުގައި ޔެވްގެނީއާ ދެކޮޅަށް ދައުވާކުރާނެ ކަމަށާއި އޭނާ ހިފައި ހައްޔަރުކުރުމުގެ ކަންކަން ކުރިޔަށްދާކަމަށެވެ.

ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާގެ އޮފިޝަލުން ވަނީ ރަޝިޔާއަށް އެގައުމުގެ ތާއީދު އެބައޮތްކަމަށާއި ރަޝިޔާގެ ސަލާމަތާއި އަމާންކަމަށް ތާއީދުކުރާކަމަށް ބުނެފައެވެ. ޔޫކްރެއިނާއި އެ ގައުމަށް ތާއީދުކުރާ ގައުމުތަކުން އަންނަނީ، މިއީ ރަޝިޔާގެ ތެރޭގައި އޮތް ހަމަނުޖެހުމެއް ފާޅުވުންކަމަށް ސިފަކުރަމުންނެވެ.

ރަޝިއާވެގްނަރ ގްރޫއްޕު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު