Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ

75 އަހަރުވީ އަނދިރިކަމުގައި ވިޔަފާރިވެރިއަކު ދިއްލާލަދިނީ ޑިޖިޓަލް ދަންމަރެއް!

26 ޖޫން 2023 | ހޯމަ 09:02

ޑިޖިޓަލް ޔުނިވަރސިޓީގެ މަގުސަދަކީ ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކާއި އިޤްތިޞާދީ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ރެފިއުޖީންނަށް ޢުއްމީދުގެ އަލިކަން ގެނެސްދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ޖޫން 2023 | ހޯމަ 09:02
2018 ވަނަ އަހަރު އުފެއްދި ޠަލާލު އަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ (ޠަޣްޑޫ) އަކީ ފަލަސްޠީނުގެ ވިޔަފާރިވެރިޔާ ޠަލާލް އަބޫ ޣަޒާލީގެ ތަނެއް

2018 ވަނަ އަހަރު އުފެއްދި ޠަލާލު އަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ (ޠަޣްޑޫ) އަކީ ފަލަސްޠީނުގެ ވިޔަފާރިވެރިޔާ ޠަލާލް އަބޫ ޣަޒާލީގެ ތަނެއް

ކާރުތަކަށް ތެޔޮ އަޅާ ދެމުން، ވިންޑްޝީލްޑްތައް ފޮހެ ސާފުކޮށްދިނުމުގެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔަ ފަލަސްޠީނުގެ ޒުވާން ރެފިއުޖީ، މުޙައްމަދު އަލް-ގަޒާވީ، އޭނާއަށް ލިބޭ ކޮންމެ ހުސް ވަޤުތެއްގެ ބޭނުން ހިފަނީ ފަހަރެއްގައިވެސް ހިންދެމިލުމަށް ނުވަތަ ސަކަރާތް ޖަހާ މަޖާ ކުރުމަކަށް ނޫނެވެ. ހުސްކޮށް ލިބެނީ ކިތަންމެ ކުޑަ ހިނދުކޮޅެއް ކަމުގައި ވީ ނަމަވެސް، އޭނާ ވަޤުތުކޮޅުގެ ބޭނުން ހިފަނީ އޮންލައިން ކޯސްތައް ފުރިހަމަ ކުރުމަށެވެ. ހުރިހާވެސް ޢުއްމީދެއް ގުޅިފައި އޮތީ މަރކެޓިންގް ރޮނގުން އޭނާ ފުރިހަމަ ކުރަމުންދާ ބެޗެލަރޒް ޑިގްރީގެ ސަނަދު ހާސިލު ކުރުމާއެވެ.

ގަޒާވީއަކީ ޠަލާލު އަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ (ޠަޣްޑޫ) އިން އޮންލައިންކޮށް ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވެގެން އުޅޭ އެތައް ދަރިވަރުންނެއްގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. 2 ދަރިންގެ ބައްޕައެކެވެ.

އުރުދުންގެ ވެރިރަށް އައްމާންގައި ދިރިއުޅެމުންދާ 33 އަހަރުގެ ގަޒާވީގެ ޢުއްމީދަކީ ލިބިފައި އޮތް ސްކޮލަރޝިޕްގެ ސަބަބުން އޭނާއާއި، އޭނާ ފަދަ، ފަލަސްޠީނުގެ އެހެން ރެފިއުޖީންނަށް އެހީތެރިކަމެއް ލިބުމެވެ. ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް އެންމެ ފިޔަވަޅެއް ނަމަވެސް ކުރިއަށް ޖެހިލުމަށް އެހީއަކަށް ވުމެވެ.

2018 ވަނަ އަހަރު އުފެއްދި ޠަލާލު އަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ (ޠަޣްޑޫ) އަކީ ފަލަސްޠީނުގެ ވިޔަފާރިވެރިޔާ ޠަލާލް އަބޫ ޣަޒާލީގެ ތަނެކެވެ. މަޤްޞަދަކީ، ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކާއި އިޤްތިޞާދީ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވާ ރެފިއުޖީންނަށް ޢުއްމީދުގެ އަލިކަން ގެނެސްދިނުމެވެ.

ދަރިވަރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް، ފުޅާ ދާއިރާއެއްގައި މާސްޓަރޒް ޕްރޮގްރާމްތައްވެސް މި ޔުނިވަރސިޓީގައި ހިންގައެވެ. މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް ފަސޭހަ ކަމާއިއެކު މަތީ ތަޢުލީމު ހާސިލު ކުރެވޭނެ މަގު ތަނަވަސް ވާނެ ގޮތަށެވެ.

ޢުމުރުން 85 އަހަރުގެ އަބޫ ޣަޒާލީއަކީވެސް ރެފިއުޖީއެކެވެ. ފަލަސްޠީނު ރެފިއުޖީންގެ ޖީލެއް އުޖާލާ މުސްތަޤުބަލެއްގެ ކުރިމަގަށް ގެންގޮސްދެވުމަކީ އޭނާ ކުރަމުންދާ ފޮނި ޢުއްމީދެކެވެ.

ހުޅަނގު އައްސޭރި، ޤުދުސް، ޣައްޒާ އަދި އުރުދުންގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންގެ ތެރެއިން މިހާރުވެސް 250 އަށް ވުރެ ރެފިއުޖީން ވަނީ ޠަލާލު އަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ (ޠަޣްޑޫ)ގެ ޕްރޮގްރާމްތަކުގައި ދަފުތަރު ކޮށްފައެވެ. ޠަޣްޑޫއިން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި އަރޓިފިޝަލް އިންޓެލިޖެންސް، ސަޕްލައި ޗެއިން މެނޭޖުމަންޓް، ޑިޖިޓަލް މަރކެޓިންގް، ފިކުރީ މުދާ އަދި އައިޓީސީގެ ދާއިރާގެ ކޯސްތައް ހިމެނެއެވެ.

އަމިއްލަ ވަޒަން ކަމުގައި ވީ ނަމަވެސް، ރެފިއުޖީއެއްގެ ގޮތުގައި ޣައްޒާގައި ދިރިއުޅެމުން ޠަޣްޑޫގެ ދަރިވަރެއް ކަމަށް ވާ މުޙައްމަދު ޖޫދީ ބުނި ގޮތުގައި، ޑިޖިޓަލް ޔުނިވަރސިޓީއިން ހިންގާ ކޯސްތަކުގައި ކިޔަވާދޭ އެއްޗެއްސަކީ، އަންނަން އޮތް އަހަރުތަކުގައި ވަޒީފާގެ ބާޒާރުތަކުން އެ ހުނަރުތަކަކާއި މަޢުލުމާތަށް ޑިމާންޑް ކުރާނެ އެއްޗެއްސެވެ.

އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުން މަޚްރޫމުވެފައި ވާ ޙާލު، ފިތިބާރުވެ ތޮއްޖެހިފައި ވާ ރެފިއުޖީ ކޭމްޕުތަކުގައި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާތާ މިހާރު އެތައް އަހަރެއް ވަނީ ފާއިތުވެފައެވެ. ކޭމްޕުތަކުގެ ހާލަތު އިންތިހާއަށް ގޯހެވެ. މިއީ ވަޤުތީ ބޯހިޔާވަހިކަން ހަމަޖައްސާ ދިނުމުގެ މަޤުޞަދުގައި ހުޅުވި ކޭމްޕުތަކެއް ކަމުގައި ވީ ނަމަވެސް، މިހާރު އެއީ އެތައް ބައެއްގެ ދާއިމީ ހިޔާވައްސެވެ. ރެފިއުޖީންގެ އެތައް ޖީލެއް އުފަންވީ މި ކޭމްޕުތަކަށެވެ. ފަލަސްޠީނުގެ ރެފިއުޖީންގެ މައްސަލައަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ހައްލެއް ނުހޯދި، އެންމެ ގިނަ ދުވަހަށް ދިގުލާ ގޮސްފައި ވާ ރެފިއުޖީ ކާރިޘާއެވެ.

ފަލަސްތީންޠަލާލު އަބޫ ޣަޒާލީ ޑިޖިޓަލް ޔުނިވަރސިޓީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ
01 ސެޕްޓެމްބަރު 2024

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ
31 އޯގަސްޓު 2024

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ
31 އޯގަސްޓު 2024

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
28 އޯގަސްޓު 2024

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
17 މެއި 2024

ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި

17 މެއި 2024
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
10 މެއި 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

10 މެއި 2024
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ
01 މެއި 2024

ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ

01 މެއި 2024
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
11 އެޕްރީލު 2024

ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި

11 އެޕްރީލު 2024
ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް