Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ އަށް 18 އަަހަރު ފުރުން

ވަކި ފަރުދަކަށްވުރެ ޕާޓީގެ މެންބަރުންނަށް، ޕާޓީ އާއި ޤައުމު ބޮޑުވުމަކީ ލިބުނު ކާމިޔާބީއެއް: ފައްޔާޒު

ނިމިގޮސް ގެއްލެމުންދާ އަނިޔާވެރި އަދި ލާއިންސާނީ މާޒީ އިޔާދަ ކުރުމަށް ހިމަނާރެއްހާ ޖާގަވެސް ނުދޭނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 ޖޫން 2023 | ހޯމަ 02:24
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންނަށް، ވަކި ފަރުދަކަށްވުރެ އެ ޕާޓީ އާއި ޤައުމު މުހިންމުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް 18 އަހަރު ފުރުމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގައި ފައްޔާޒު ވަނީ އެމްޑީޕީ އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޕާޓީއަށް މިހާތަނަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށާއި ޕާޓީގެ މެންބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ އެމްޑީޕީ އުފެދުނުތާ މާގިނަ ދުވަހެއް ނުވަނީސް 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވިނަމަވެސް އޭގެ ތިން އަހަރުފަހުން އަނެއްކާވެސް ޕާޓީ މަގުމަތިވެ، އެ ޕާޓިން ހޯދި ކާމިޔާބީގައި މުސްތަގުބަލަށް ކުރި އުއްމީދާއެކު ހަމަޖެހިލާނެ ފުރުސަތު ނުލިބި ހަތް އަހަރު ދުވަސް ވަންދެން މަގުމަތީގައި ގަނަތެޅެން ޖެހުނު ކަމަށެވެ. ނަމަވެސް އަނެއްކާވެސް 2018 ވަނަ އަހަރު އެމްޑީޕީން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވުމުން ރައްޔިތުންނަށް ހަމަނޭވާ ލެވުނު ކަމަށާއި އެތައް އަހަރަކުުން ދިގުލައިގެން ދިޔަ އެތައް ތަކުލީފެއްގެ ހައްލު މިއަދު ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. އަދި އަސާސީ ޚިދުމަތްތަކާއި އިގްތިސާދީ ފުރުސަތުތަކާއި ސިއްހަތާއި ތައުލީމާއި ބޯހިޔާވަހިކަން މި ވެރިކަމުގައި ހަގީގަތަކަށްވަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ކާމިޔާބީތައް ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެ ކާމިޔާބީއަށް ވާސިލުވެފައި ވަނީ ފަސޭހަ ދަތުރަކުން ނޫން ކަމަށެވެ. އެގޮތުން، އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލު ކުރާނެ އެންމެ އުނދަގޫ މަރުހަލާ ކަމަށާއި ކެތްތެރިކަމާއެކު ޕާޓީގެ މަސަލަހަތު ހިފެހެއްޓި، ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެގެން ހިތި ހަގީގަތްތަކާއެކު ލިބުނީ ތަޖުރިބާއެއް ކަން ފާހަގަކުރެއްވިއެވެ. އަދި އެ ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށްއޮތްތަނުގައި ކާމިޔާބީއަށް ހުޅުވާލެވުނު ދޮރެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މިއީ އެމްޑީޕީ ޅަފަތުން އަރައިގަތް ދުވަސްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިއަދު އެ ޕާޓީގެ މެންބަރުން ކުރަން އޮތް ކަމަކީ އެކުގައި ނުކުމެ ޕާޓީއަށް ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރުން ކަމަށެވެ. ފާއިތުވި ފަސް އަހަރު ހޯދުނު ކާމިޔާބީ ޒަމާންތަކަށް ދެމެހެއްޓޭނީ އެގޮތުމުގެ މަތިންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 9 ސެޕްޓެމްބަރު 2023 ވެގެންދާނީ އަމިއްލަ ރަށުގައި އާއިލާއާއެކު ރަނގަޅު އާމްދަނީ ލިބޭނެ މަގަށް ހުޅުވޭ ބޮޑު ދޮރާށިން ވަދެވޭނެ ދުވަސް ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފަހިވާން އޮތް އުފާވެރި ދިރިއުޅުމުގައި ހެޔޮފާހަގަ ޖަހާ ދުވަސް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ނިމިގޮސް ގެއްލެމުންދާ އަނިޔާވެރި އަދި ލާއިންސާނީ މާޒީ އިޔާދަ ކުރުމަށް ހިމަ ނާރެއްހާ ޖާގަ ވެސް ދެން އެމްޑީޕީން ނުދޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު