Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއާއި އިންޑިޔާގެ ގުޅުން

އިންޑިޔާ މީހުން އެންމެ ގިނައިން ދަތުރުކުރާ ގައުމަކީ އެމެރިކާ

24 ޖޫން 2023 | ހޮނިހިރު 02:32

އިންޑިޔާގެ ދެ ސިޓީއެއްކަމުގައިވާ ބެންގަލޫރުގައާއި އަހުމަދުއާބާދުގައި އެމެރިކާގެ ކޮންސިޔުލޭޓް ހުޅުވުމަށް ވަނީ ހަމަޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޖޫން 2023 | ހޮނިހިރު 02:32
އިންޑިޔާގެ ނިއުދިއްލީ އެއަރޕޯޓް

އިންޑިޔާގެ ނިއުދިއްލީ އެއަރޕޯޓް

އިންޑިޔާ ރައްޔިތުން އެންމެ ގިނައިން ދަތުރުކުރާ ގައުމަކީ އެމެރިކާ ކަމަށް ވުމާއެކު، އިންޑިޔާގެ ދެ ސަރަހައްދެއްގައި ދެ ކޮންސިޔުލޭޓް ގާއިމުކުރުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ވަނީ އައު އުސްމިންތަކަކަށް މިސްރާބު ޖަހާފައެވެ. މޯދީ ގެންދަވަނީ އެމެރިކާގެ ގިނަ އިންވެސްޓަރުންތަކެއް އިންޑިޔާގައި އިންވެސްޓްކުރުމަށް ބާރު އަޅުއްވަމުންނެވެ. އަދި އެމެރިކާއިން އަންނަނީ ގިނައިން ވިސާ ދޫކުރުމަށް ބާރުއަޅަމުންނެވެ.

ފާއިތުވި 2022 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދެކުނު އޭޝިޔާ ގައުމުތަކުން އެންމެ ގިނަ ފަތުރުވެރިން އެމެރިކާއަށް ދިޔަ ގައުމަކަށް އިންޑިޔާ ވަނީ ވެފައެވެ. ޓޫރިޒަމް ކޮންޒަލްޓެންސީ އައިޕީކޭ އިންޓަރނޭޝަނަލްއިން ބުނާގޮތުގައި، 2022 ވަނަ އަހަރު އިންޑިޔާއިން އެމެރިކާއަށް ދިޔަ ފަތުރުވެރިންގެ އަދަދު ވަނީ، ޗައިނާއާއި ދެކުނު ކޮރެއާ އަދި ޖަޕާނުން އެމެރިކާއަށް ދިޔަ ފަތުރުވެރިންގެ އަދަދަށްވުރެ ގިނަވެފައެވެ.

އެމެރިކާގެ ޓްރެވަލް އެސޯސިއޭޝަންގެ ސީއީއޯ ޖިއޮފް ފްރީމެން ވިދާޅުވާގޮތުގައި، ދުރު މުސްތަގުބަލަށް ވިސްނާއިރު އިންޑިޔާ ކަހަލަ އައު މާކެޓެއް ވެގެންދާނީ އެމެރިކާއަށް ފައިދާކުރަނިވި މާކެޓަކަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނެރުއްވި، ގުޅިފައިވާ ބަޔާނުގައި ވަނީ، އިންޑިޔާގެ ދެ ސިޓީއެއްކަމުގައިވާ ބެންގަލޫރުގަޔާއި އަހުމަދުއާބާދުގައި ކޮންސިޔުލޭޓް ހުޅުވާނެކަމަށް ވިދާޅުވެފައެވެ.

ބަޔާނުގައިވާ ގޮތުން ވިޔަފާރި ދަތުރުތަކާއި، ފަތުރުވެރިކަމުގެ ގޮތުންނާއި އެނޫންވެސް ބޭނުންތަކުގައި ދަތުރުކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް އޮފިޝަލުންނަށް ލަފާދެއްވާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އިންޑިޔާ ރައްޔިތުން އެމެރިކާއަށް ދަތުރުކުރި މިންވަރު ވަނީ ކޮވިޑް-19 ޕެންޑަމިކްގެ ކުރިން ދަތުރުކުރި މިންވަރަށްވުރެ އިތުރުވެފައިކަން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމަރސް ނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް އޮފީހުންގެ ޑާޓާތަކުން ހާމަވެއެވެ. ޕެންޑަމިކަށްފަހުވެސް ޗައިނާ ގެ ފަތުރުވެރިން އެމެރިކާއަށް ދަތުރުކުރުން ވަނީ މަޑުޖެހިފައެވެ.

މިދިޔަ އަހަރު އެންމެ ގިނަ އިންޑިޔާ ރައްޔިތުން ދަތުރުކުރި ގައުމުތަކުގެ ލިސްޓުގައި ތިންވަނާގައި އޮތީ އެމެރިކާއެވެ. 2019 ވަނަ އަހަރު އެމެރިކާ އޮތީ އަށްވަނާގައެވެ.

އިންޑިޔާގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރާ މިންވަރު އިތުރުވެފައިވާ އެއް ސަބަބެއްކަމަށް، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓަރސްގެ ރައީސް ސާޖިވް މެހެރާ ވިދާޅުވަނީ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރާ މިންވަރު އިތުރުވެގެންދިޔުމެވެ. އެކަމުގެ ސަބަބުން އެމީހުންގެ މައިންބަފައިންނާއި އާއިލާތަކަށް އެމެރިކާއަށް ދަތުރުކުރަންޖެހޭ މިންވަރު އިތުރުވަނީކަމަށް ސާޖިވް ވިދާޅުވިއެވެ.

އިންޑިއާއެމެރިކާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް