Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފި

މި ދަތުރުފުޅުގެ އިންތިޒާމްތައް ހަމަޖައްސަވާފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަރާތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2023 | އަންގާރަ 08:53
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުން

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުން

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިދަތުރުފުޅުގައި، އެމެރިކާގެ ސުޕްރީމް ކޯޓަށާއި، އޫޓާ ސްޓޭޓް ކޯޓު އަދި ޔޫއެސް ޑިސްޓްރިކްޓް ކޯޓުތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޒިޔާރަތްކުރައްވައި އެ ކޯޓުތަކުގެ މަސައްކަތުގެ ނިޒާމު ހަމަޖެހިފައިވާ ގޮތް ބައްލަވައި، އެ ކޯޓުތަކުގެ ފަނޑިޔާރުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

އަދި ޔޫއެސް ސްޓޭޓް އެޓަރނީސް އޮފީހަށް ޒިޔާރަތްކުރައްވައި އެތަނުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ޕްލީ ބާގެއިނިން، ވިކްޓިމް ސެންޓަރޑް އެޕްރޯޗް، އެޑްވޮކަސީ އަދި ޕޯސް ކޮންވިކްޝަންއާ ގުޅޭ މަޝްވަރާތައް ވަނީ ކުރެވިފައެވެ.

މީގެއިތުރުން، އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ (OPDAT) އަދި ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

އަދި މިދަތުރުފުޅުގައި އެޑްމިނިސްޓްރޭޓިވް އޮފީސް އޮފް ޔޫއެސް ކޯޓްސް އަދި ފެޑެރަކް ޖުޑީޝަލް ސެންޓަރ އިންޓަރނޭޝަނަލް އޮފީހަށްވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުވަނީ ޒިޔާރަތް ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ކޭސް މެނޭޖްމަންޓް ސިސްޓަމްއާއި ޖުޑީޝަލް ސެކިއުރިޓީ އަދި ޖުޑީޝަލް އެކްސްޗޭންޖް ފުރުޞަތުތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރެވިފައެވެ.

2023 ޖޫން 11 އިން 17 އަށް ކުރެއްވި މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސަވާފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަރާތުންނެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު