Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިލްޓަން އަށް ފައިސާ ދެއްކުން

ހިލްޓަންއަށް ފައިސާ ދޭން ކުރި ޙުކުމާއި ގުޅިގެން ހައިކޯޓަށް 7 އިސްތިއުނާފީ ނުކުތާއެއް

19 ޖޫން 2023 | ހޯމަ 08:04

ސިވިލް ކޯޓުން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖޫން 2023 | ހޯމަ 08:04
ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފައި

ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފައި

ހިލްޓަން އަށް 24 މިލިއަން ޑޮލަރު(370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސަން ޓްރެވެލްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ސިވިލް ކޯޓުން ތާއީދުކޮށްފައިވާއިރު، އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ސިވިލް ކޯޓުން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، އެ ފައިސާ 14 ދުވަސްތެރޭ ދެއްކުމަށް ސަން ޓްރެވެލްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ސަން ޓްރެވެލްސް އަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެކެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމައްސަލާގައި ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށާއި، އެ ކަމާއި ގުޅިގެން ދެ ފަރާތުގެ ދެމެދު ވެފައިވާ އެގްރީމަންޓަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައިގަނެފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ މަތީ ކޯޓުން މި މައްސަލައިގެ މައުޟޫއު އާޢި ގުޅިގެން ދެން އިތުރު ދައުވާތައް ނުކުރެވޭނެކަމަށް ނިންމާފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލައިގެ މައުލޫއަށް އަލުން ވަދެ، ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ، މިހާތަނަށް ދައްކާފައިވާ ފައިސާ އުނިކުރުމަށް ފަހު، ބާކީ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އިތުރުން ދައްކަންޖެހޭ ހަރަދުތައް 14 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މި މައްސަލައިގައި ޝިޔާމް އާއި ސަން ޓްރެވަލް އާއި ދެކޮޅަށް ހުކުމްކޮށްފައި ވާއިރު މިއީ ރާއްޖޭގެ ކޯޓު މަރުހަލާގައި އޮންނަތާ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަން ފާހަގަކޮށްލެވެއެވެ.

ހޯމަ ދުވަހު ސަން ޓްރެވަލްގެ ފަރާތުން ވަނީ މި މައްސަލައިގައި 7 އިސްތިއުނާފީ ނުކުތާއެއް ހުށައަޅަން ބޭނުންވާކަން ފާހަގަކޮށްފައެވެ. މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އެ ނުކުތާތައް ވަކިވަކިން ހުށައެޅުން އޮންނާނެއެވެ.

ނ. މެދުފުށީގައި ސަން ޓްރެވެލްސްގެ ފަރަތުން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގުމަށްޓަކާ ހިލްޓަން އާ ހަވާލުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ އެއްބަސްވުން އުވާލީ ހިލްޓަން އިން އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުންނެވެ. އެއީ 2013 ވަނަ އަހަރެވެ.

އެ މައްސަލަ ހިލްޓަން ކުންފުނީގެ ފަރާތުން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދެއްކުމަށެވެ.

އަދި ހިލްޓަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން 2020ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަން ޓްރެވެލްގެ އެކައުންޓްތައް ވަނީ ފްރީޒްވެސް ކޮށްފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް