Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި ބޭނުން ކުރުން

އިންތިގާލީ އިންސާފު އޮފީހުގެ އިންވެސްޓިގޭޓަރު 6 ދުވަހަށް ބަންދު

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 123 ވަނަ މާއްދާއަށްވެސް ވަނީ ރިއާޔަތްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖޫން 2023 | ބުރާސްފަތި 07:22
ހ.ކުއްޅަވަށްމާގޭ މުޙައްމަދު އިބްރާހިމް (ފޮޓޯގެ އެންމެ ވާތް ފަރާތުގައި)

ހ.ކުއްޅަވަށްމާގޭ މުޙައްމަދު އިބްރާހިމް (ފޮޓޯގެ އެންމެ ވާތް ފަރާތުގައި)

މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލައެއްގައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުގެ އިންވެސްޓިގޭޓަރަކު 6 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހ.ކުއްޅަވަށްމާގޭ މުޙައްމަދު އިބްރާހީމް ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ތުހުމަތުގައެވެ. އޭނާއަކީ މަސްތުވެގެން އޮފީހަށް ގޮސް މުވައްޒަފުންނަށް ފުރައްސާކުރާ ކަމުގެ ތުހުމަތުވެފައިވާ ފަރާތެކެވެ.

Advertisement - newsAdvertisement

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 20 ޖޫން 2023 ގައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށައަޅާފައިވެއެވެ.

އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އޭނާ ބަންދުކުރިއިރު މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 123 ވަނަ މާއްދާއަށްވެސް ވަނީ ރިއާޔަތްކޮށްފައެވެ.

އޭގެ އިތުރުން، އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތެއްކަންވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. މިފަހަރުވެސް އޭނާ ހައްޔަރުކުރުމަށްފަހު އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، އެތަކެތި ވަނީ އޯޕީއައި އަދި ބެންޒޯއަށް ޕޮޒިޓިވްވެފައެވެ.

އެހެންނަމަވެސް އެ ތުހުމަތުގެ ދިފާއުގައި އޭނާގެ ފަރާތުން ބުނެފައިވަނީ މަސްތުވާތަކެތީގެ ވަގުތީ ނަތީޖާއިން ދައްކާ އޯޕީއައި އަދި ބެންޒޯއަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ބާވަތެއް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު