Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެސީ ނުކުޅެން ނިންމައިފި

2022 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މެސީ ކުޅުނު ފަސް ވަނަ ވޯލްޑް ކަޕު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 15 ޖޫން 2023 | ބުރާސްފަތި 02:24
މެސީ ވޯލްޑްކަޕް ތަށި ހިފައިގެން އާއިލާއާއެކު

މެސީ ވޯލްޑްކަޕް ތަށި ހިފައިގެން އާއިލާއާއެކު

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފިއެވެ.

އުމުރުން 35 އަހަރުގެ މެސީގެ މޮޅު ކުޅުމާއެކު އާޖެންޓީނާ އިން މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕު ވަނީ ކާމިޔާބުކޮށްފައެވެ. އެއީ މެސީ ކުޅުނު ފަސް ވަނަ ވޯލްޑް ކަޕު މުބާރާތެވެ.

ނިމުނު ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް މުޅި މުބާރާތުގައި މެސީ ތަކުރާރުކޮށް ބުނި ނަމަވެސް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ތިބީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި 2026 ވަނަ އަހަރު ކުޅޭ ވޯލްޑް ކަޕްގައި ހަތް ފަހަރު ބެލޮން ޑިއޯ ކާމިޔާބުކުރި މެސީ ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.

ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން މެސީ ބުނީ ގަތަރު ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށާއި ކަންކަން ކުރިއަށްދާ ގޮތް ބަލާނެކަމަށެވެ. ނަމަވެސް މިވަގުތު އޮތްގޮތުން ކުރިއަށް އޮތް ވޯލްޑް ކަޕަށް ނުދާނެކަމަށް މެސީ ވަނީ ބުނެފައެވެ.

ގަތަރުގައި ބޭއްވި މުބާރާތުގައި މެސީގެ ދައުރު އޮތީ އޭނާގެ ކެރިއަރުގައި އޭނާއަށް ނުލިބުނު ހަމައެކަނި ބޮޑު ޝަރަފަށް ކުރި އިންތިޒާރު ނިމުމަކަށް ގެނައުމަށެވެ. މެސީ ވަނީ ހަތް މެޗުގައި ހަތް ގޯލު ޖަހައި، 1986 ވަނަ އަހަރު ގަދަ 16 ތައާރަފް ކުރި ފަހުން އެއް ވޯލްޑް ކަޕްގެ ކޮންމެ ރައުންޑެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އަދި މެސީ ވަނީ ފައިނަލް މެޗުގައި ފްރާންސް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވެފައިވަނީ 1982 ވަނަ އަހަރު ގޯލްޑަން ބޯލް އެވޯޑް ތައާރަފްކުރި ފަހުން ދެ ފަހަރެއްގެ މަތިން އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަންނަ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާ އާއި އޭގެ ހަތަރު ދުވަސް ފަހުން އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް މެސީ ހުރީ އާޖެންޓީނާއާއެކު ޗައިނާގައި އިންޓަނޭޝަނަލް ޑިއުޓީގަ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު