Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަވަގުރާނަ ގޮވުން ކުށަކަށް ހެދި މީހުން އަވަގުރާނަ ގޮވުމުގައި

މަޖިލީހުގެ ގަވާއިދާ ހިލާފުވި އިރުވެސް ރިޔާސަތުން އިންނެވީ ހިނިފުޅު ވަޑުވަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 13:51
މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލުވާލާ މެންބަރުން އަވަގުރާނަ ގޮވުމުގައި

މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލުވާލާ މެންބަރުން އަވަގުރާނަ ގޮވުމުގައި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، އެ މަޖިލީހަށް އިންތިހާބުވާ މެންބަރުންނާއި މުހާތަބު ކުރަން ޖެހޭނީ "އިއްޒަތްތެރި" މި ބަސް ހިމަނައިގެންނެވެ. އެއް މެންބަރަކު އެހެން މެންބަރަކާ މުހާތަބު ކުރަން ޖެހޭނީ ވެސް މިހެންނެވެ. އަދި ހާޒިރުކުރެވޭ އެކި އެކި ބޭފުޅުން ވެސް މުހާތަބުކުރަން ޖެހެނީ މިފަދައިންނެވެ. ދިވެހި ރަދީފުގައި ބުނާ ގޮތުން "އިއްޒަތްތެރި" މި ބަހުގެ މާނައަކީ "މާތްކަން ލިބިގެންވާ" ނުވަތަ "ގަދަރުވެރި" އެވެ. ސުވާލަކީ މަޖިލީހުގެ މެންބަރުން ހަމަ ގަދަރުވެރިތޯއެވެ.

މަޖިލީހުގެ މެންބަރުންނަކީ ރާއްޖޭގައި އަމަލުކުރަން ޖެހޭ ގާނޫނުތަކާއި، ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންކަން ލިޔެ ގާނޫނަށް ތިރިކުރަން ތިބި މެންބަރުންނެވެ. އަވަގުރާނަ ގޮވުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ލިޔުނީ އެ މެންބަރުންނެވެ. އެ އިއްޒަތްތެރި މެންބަރުން އިއްޒަތްތެރިކަމާއެކު ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅެމެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމަށް ރައްޔިތުން އިންތިހާބު ކުރިއެވެ.

ނަމަވެސް ބުދަ ދުވަހުގެ ޖަލްސާ ހީވީ އެހެން ފަދަ ކަމެއްހެންނެވެ. ހަޑި ހުތުރު ބަހުންނާއި، ބޭ އަދަބީ ބަސްތައް އަދި އަވަގުރާނަ އޮތީ އެކީ އެކައްޗަށް އެ އިއްޒަތްތެރި މަޖިލީހުގެ ތަޅުމުގައި ގުގުމާލާފައެވެ. އެއްބަޔަކު ދިޔައީ ހެއްދެވި ނުހެއްދެވިއަށް ގޮވަމުންނެވެ. އަނެއް ބަޔަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ގޮސް އިއްޒަތްތެރިކަމާއެކު އެއްޗެއް ހިއްޕެވި ވާހަކަވެސް ދެއްކެވިއެވެ.

ވަކިން ހާއްސަކޮށް މެންބަރު އާޒިމްގެ ފަރާތުން ފެނިގެން ދިޔައީ އިއްޒަތްތެރިކަމުގެ ލާމަސީލު މިސާލުތަކެކެވެ. ހިއްޕެވި ވާހަކަ އަކާއި، ބިލަތާއި، ކަރަންފުލާއި، ހުންޏާއި ފޮނިތޮއްޓާ އެއްކޮށްލައިގައި ފޯއް ދުފި ވާހަކަވެސް ދެއްކެވިއެވެ. ދިވެހި އެތައް ރައްޔިތުންނެއް މިއަދު ބަދަލުން ދިޔަ މަޖިލިސް ކުރާ ޖަލްސާ އަޑު އަހާލަންވެސް ނުކުރޭހާ އިއްޒަތްތެރިއެވެ. ވަރުގަދައެވެ. އެހާވެސް މާތްކަން ވެސް ބޮޑެވެ.

އެންމެ ފަހުން ގޮސް ރާއްޖެތެރޭ މީހުންނާއި މާލޭ މީހުންނާ ވެސް ވަކިކުރާ ހިސާބަށް ދިޔައެވެ. އަލީ އާޒިމް ބޭފުޅުންނަކީ މާލޭ ބޭފުޅުންނަށް ވުމުން، ރާއްޖެތެރޭ މެންބަރުންނަށް ފަޓުލޫނަކީ ކޮބައިކަން ވެސް ނޭނގޭ ހިސާބަށް ކަންކަން ގެންދެވިއެވެ. އެހާވެސް ބަސްމަގު ހުރީ ހުތުރުކޮށެވެ. ނަމަވެސް މިއީ އެހެން އުޅުއްވާ މެންބަރުންނަށް އިއްޒަތްތެރި ކަމަކަށް ވެދާނެއެވެ.

ކޮންމެއަކަސް އަމިއްލަ މަންފާއެއް ހާސިލްކުރުމަށް އެ ބުނާ 13 މެންބަރަކު ތިބީ އިއްޒަތްތެރިކަމާއެކުއެވެ. އިއްޒަތްތެރިކަމާއެކު ގަދަބާރުން ހުރިހާކަމެއް ވެސް ކުރައްވާށެވެ. ގަދަރުވެރިކަމާއެކު ތިމާ ބޭނުން ގޮތަކަށް ކަންކަން ހިންގުމަށެވެ. ރުޅިވެރިކަމާއި، ފަޓުލޫނާއި، ދުފާއެއްޗެހީގެ ވާހަކަވެސް ދެކެވެނީ ގެއްލެން އޮތް އެއްޗެއްގެ ބޮޑުކަމުންނެވެ. ކަންވާނީ ވެސް އެހެންނެވެ. އެއްޗެއް ގެއްލިގެންދާ އިރު އެ އެއްޗެއްގެ އަގުވެސް އެނގެއެވެ. އެ ހޯދަން ފީލަކުޑިއާއި ފީ ވަލުން ބަނދެ ހިފަހައްޓާނެއެވެ.

ޖަލްސާގައި މިވަރަށް އަވަގުރާނަ ގޮވި އިރު، ރިޔާސަތުން އަސްލުވެސް އިންނެވީ މެންބަރު މޮސްޓާ ވިދާޅުވިހެން މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަ ގޮތަށެވެ. މާދުރުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތަށް މަޖިލީހުގެ ނިޒާމް ގެއްލުވާލަން ފުރުސަތު ދީގެންނެވެ. އަދި މަންޒަރު ބަލައިގެން އަތްޖައްސަވާށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ވާހަކަ ދެއްކުމުގެ އަދަބުގެ ބައިގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން، ޖަލްސާގެ ރިޔާސަތާ މުހާތަބުކޮށް ވާހަކަ ދެއްކުމަށެވެ. އަދި މެންބަރަކު ދައްކަމުން ގެންދާ ވާހަކައެއް ހުއްޓާލުމަށް ރިޔާސަތަށް އެންގޭނެ ކަންކަމުގެ ތެރޭގައި "އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ވާހަކަ ދެއްކުން" މިއާ ހިލާފުވުން ހިމެނެއެވެ.

ނަމަވެސް މެންބަރުން އަވަގުރާނަ އަމުނާ ލަވަކިޔަމުން ދިޔައިރުވެސް ރިޔާސަތުން އިންނެވީ ސަރކަސްގައި ޓިކެޓް ނަންގަވައިގެން އިންނަވާ އުސޫލުންނެވެ. މަންޒަރު ބައްލަވާފައި ހިނިފުޅު ވަޑުވާށެވެ. ކޮންމެއަކަސް އަވަގުރާނަ ގޮވުމަކީ މިއަދު އެ އާޓް ދެއްކި މެންބަރުންގެ އާންމު ދިރިއުޅުމުގައި ވެސް ކޮށް އުޅުއްވާ ކަންތަކެވެ. މަގެއް ގެއެއް ބަދިގެއެއް ނެތިއެވެ. ލޭމައްޗަށް ގޮސް ހުންނަވާ އުސޫލުން ހަމަ އެ މެންބަރުންގެ އަމަލުތައްވެސް ހުންނަނީ އެ އުސޫލުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޯސްތަކެއް ހެދިފައި ހުރި ކަމަށް ފުލުހުން ގަބޫލުކުރުން: އިސްލާހަށް ރަނގަޅު ފެށުމެއް

ގޯސްތަކެއް ހެދިފައި ހުރި ކަމަށް ފުލުހުން ގަބޫލުކުރުން: އިސްލާހަށް ރަނގަޅު ފެށުމެއް

18 ޑިސެމްބަރު 2018
މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!

މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!

25 ނޮވެމްބަރު 2018
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު